04 މާޗް 2019
މިދިޔަ އަހަރު މި އަންހެންވެރިން ވަދެ ފުރާލީ ފިރިހެނުންނަށް "ހާއްސަވެފައި" އޮންނަ ސައި ހޮޓާތަކެވެ. ބޭނުމަކީ އެއީ ހަމައެކަނި ފިރިހެނުންނަށް ހާއްސަވެފައި އޮންނަ ކަމެއް ނޫންކަން ސާބިތުކޮށްދިނުމެވެ. "އޮކިއުޕައިސައި ހޮޓަލު"ގެ ހޭޝް ޓެގާ އެކު، ނިކަން ބޮޑަށް އެކަން ވައިގައި ހިފައި، ގިނަ އަންހެނުންތަކެއް ހޮޓާތަކަށް ވަދެ ކައިހެދި އެވެ.
މިދިޔަ އަހަރު މި އަންހެންވެރިން ވަދެ ފުރާލީ ފިރިހެނުންނަށް "ހާއްސަވެފައި" އޮންނަ ސައި ހޮޓާތަކެވެ. ބޭނުމަކީ އެއީ ހަމައެކަނި ފިރިހެނުންނަށް ހާއްސަވެފައި އޮންނަ ކަމެއް ނޫންކަން ސާބިތުކޮށްދިނުމެވެ. "އޮކިއުޕައިސައި ހޮޓަލު"ގެ ހޭޝް ޓެގާ އެކު، ނިކަން ބޮޑަށް އެކަން ވައިގައި ހިފައި، ގިނަ އަންހެނުންތަކެއް ހޮޓާތަކަށް ވަދެ ކައިހެދި އެވެ.
މި ފަހަރު ވެސް ހަމަ މި މީހުންނެވެ. އެކަމަކު މި ފަހަރު ނުކުންނަނީ ރޭގަނޑު "ފަތަހަކުރުމަށެވެ". މި މަހު އަށް ވަނަ ދުވަހު ފާހަގަކުރާ، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އެ މީހުން ފާޅުކުރާ ކަންބޮޑުވުމަކީ އަންހެނުންނަށް ރޭގަނޑު އަމާންނުވުމެވެ. ރޭގަނޑު ގަޑީގައި ހިނގާފައި ދާއިރު އަދިވެސް ބިރުން ފަހަތް ބަލަން ޖެހުމެވެ. ވަކި ގޮތަކަށް ލޭބަލްކުރުމަކާ ނުލައި އާއްމު ތަންތަން ބޭނުން ކުރުމުގެ މިނިވަންކަން ނުލިބުމެވެ.
I will #OccupyReygandu because I want to walk the streets of my city without my parents worrying for my life every time I step out the door https://t.co/QM2yaWsrC4
— ? (@notyobrownfren) March 4, 2019
ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑިން ވަމުން އަންނަ "އޮކިއުޕައިރޭގަނޑު"ގެ ހޭޝް ޓެގާ އެކު، މި އަންހެންވެރިން ނުކުންނަނީ، މަގުމައްޗަކީ ވެސް ވަކި ފިރިހެނުންނަށް ހާއްސަ ތަނެއް ނޫން ކަމާއި އަމާންކަމާ އެކު އަންހެނުންނަށް ވެސް މަގުމައްޗަށް ނުކުމެ އުޅުމުގެ ފުރުސަތު އޮތްކަން ދައްކައިދިނުމަށެވެ.
އެކި ވަޒީފާތަކުގައި އުޅޭ ޒުވާން އަންހެނުންތަކެއް އެކުވެ، "އަންހެނުން"ގެ ނަމުގައި ހަދާފައިވާ ގުރޫޕަކުން ހިންގާ މި ހަރަކާތާ ގުޅުވައިގެން، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ޝުއޫރު ފާޅުކުރަމުންނެވެ. އެ މީހުން ވެސް "ރޭގަނޑުފަތަހަކުރަން" ޖެހެނީ ކީއްވެގެން ކަން ބުނެދެމުންނެވެ.
"އެއީ ކަންމަތީ ފިހާރައިން ކާއެއްޗެއް ގަނެލަން ނުކުންނަ ތަނުން، ''ޗިކެއް"ގެ ގޮތުގައި ބަލައިގަތުން ހުއްޓުވުމަށެވެ." ޒުވާން އަންހެނަކު ޓްވީޓް ކުރި އެވެ.
I don't want to imagine scenarios in my mind about how I'm going to have to defend myself everytime I go out. Not flinch at every passer-by. Not feel unsafe even in front of my home! https://t.co/kwAOExCrQW
— Yuna Waheed ?❓ (@YuAeKito) March 4, 2019
"އަންހެނުންނަށް މިއަށް ވުރެ ހައްގުކަން ބޮޑު. ބިރެއް ނެތި އަދިވެސް އަހަންނަށް ދުވާލު ގަޑީގައި ބޭރަކަށް ނުނިކުމެވޭ،" އެހެން މީހަކު ޓްވީޓް ކުރި އެވެ.
"ރޭގަނޑު ލަސްވަންދެން މަސައްކަތް ކުރާ އަންހެނުން ލޭބަލްކޮށްފައި އޮންނަނީ އެކަނިވެރިންގެ ގޮތުގައި، މީހުންގެ ސަމާލުކަން ހޯދަން އުޅޭ ބައެއްގެ ގޮތުގައި، ރޭގަނޑަށް ފޮޅޭ މަލެއްގެ ގޮތުގައި. މިއީ ރޭގަނޑު އޮކިއުޕައި ކުރަން ނުކުންނަން ޖެހޭ ސަބަބު،" ދުމްޔާގެ ނަމުގައި ޓްވީޓް ކުރި ޒުވާން އަންހެނަކު ބުންޏެވެ.
އާއްމު ތަންތަން އަންހެނުންނަށް ރައްކާތެރި ތަންތަންނަށް ހެދުމަށް ބާރު އަޅައި، އަދި ރޭގަނޑު އަންހެނުންނަށް ކުރިމަތިވާ ފުރައްސާރަތަކާއި އުނދަގޫތަކާ ގުޅޭ ގޮތުން، "އޮކިއުޕައިރޭގަނޑު"ގެ މައި އިވެންޓް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ، އަންހެނުންގެ ދުވަހު، ސަލްޓަން ޕާކުގަ އެވެ. ރޭގަނޑު ނުވައަކުން 12އަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި، އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކައި، އާއްމު ތަންތަން އަންހެނުންނަށް އަމާން ތަންތަނަށް ހަދައިދިނުމަށް އެދި އަޑުއުފުލާނެ އެވެ. އަދި އަންހެނުންނަށް ކުރިމަތިވާ ފުރައްސާރަތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވާނެ އެވެ.
I will #OccupyReygandu because feeling unsafe and threatened at public spaces should not be the cost of being a woman. Because every woman I know has more than one horrible story of being harassed, threatened, groped or attacked on the road. No more. @nufoshey ????
— Sara Naseem ? (@sara_naseem) March 3, 2019
ހަމައެކަނި އަންހެނުން ބައިވެރިވާ މި ހަރަކާތް އޮންނަނީ ހަމައެކަނި މާލެއަކު ނޫނެވެ. ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކާއި އައްޑޫގެ އިތުރުން މެލޭޝިޔާ އާއި ސްރީ ލަންކާގައި ވެސް ދިވެހި އަންހެނުން މި ހަރަކާތް ކުރިއަށް ގެންދާނެ އެވެ.
I will #OccupyReygandu because I am sick and tired of walking with my headsets on and gaze down just to avoid even accidentally making eye contact with men who might confuse it for "invitation" to harass me on the streets. https://t.co/y5alEGsTOq
— naha (@thikujjaa) March 3, 2019
"އޮކިއުޕައިސައިހޮޓާ"ގެ ނަމުގައި ހިންގި އެ ހަރަކާތް ވައިގައި ހިފި ނަމަވެސް. ދުވަސްކޮޅެއް ފަހުން އެކަން ހިނދުނެވެ. އަންހެނުން މިހާރު މާލޭގެ އާންމު ސައި ހޮޓާތަކަށް ވަދެ ނިކުމެ އުޅޭ ތަނެއް ނުފެނެ އެވެ. އެކަމަކު މި ފަހަރު އެ މީހުންގެ އުއްމީދަކީ، އަބަދުވެސް ރޭގަނޑު ވަގުތު، މަގުތަކާއި އެހެން މައިދާންތައް ވެސް، އަންހެނުންނަށް އަމާންވުމެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން ހުޅުމާލޭގައި އިވެންޓެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
މަގުމަތިން ފޮށުނު މީހާގެ މައްސަލަ ކޯޓަށް
އަންހެނުންތަކަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަަންދަށް
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި