Roadha Mihaaru
މަޖިލިހުގެ މެމްބަރުންގެ ރުޅިގަނޑު ސުޕްރީމް ކޯޓަށް!

މަޖިލިހުގެ ބައެއް މެމްބަރުންގެ ރުޅިގަނޑު ސުޕްރީމް ކޯޓަށް!

27 ފެބުރުއަރީ 2019

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސުޕްރީމް ކޯޓުން އިންތިޚާބީ އުސޫލުތަކަށް ކުއްލި ބަދަލުތައް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަނާއި އިދިކޮޅު ބައެއް މެމްބަރުންގެ ނުރުހުން އެ ކޯޓަށް މިއަދު ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސުޕްރީމް ކޯޓުން އިންތިޚާބީ އުސޫލުތަކަށް ކުއްލި ބަދަލުތައް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަނާއި އިދިކޮޅު ބައެއް މެމްބަރުންގެ ނުރުހުން އެ ކޯޓަށް މިއަދު ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

މެމްބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ސުޕްރީމް ކޯޓަށް މިއައީ، މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.

ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމައަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަނުން ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިއީ (ސުޕްރީމް ކޯޓުން) ކުރި ހިމޭން ބަޣާވާތެއް-- އިންތި

މަޖިލިހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރާ ކޮންމެ ކަމެއް ފަނޑިޔާރުގެ އިން ބަދަލު ކުރަމުންދާ ކަމަށެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަން އުވާލާފައި، އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ ގާޒީން ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނައުމަށް ވެސް މޫސަ ވަނީ ގޮވާލައްވައިފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މޫސަ ވާހަކަ ދައްކަވަނީ.

"ހަތަރު ފަނޑިޔާރުން ކަމެއް ނިންމީމަ އަޅުގަނޑުމެންނަށް ނުކެރޭ އަނގައިން ބުނެލާކަށް. އެހެންވީމަ އަޅުގަނޑު އިލެކްޝަންގެ ގާނޫނަށް އަޅުގަނޑު ބޭނުން އިސްލާހެއް ހުށައަޅަން. މީގެ ފަހުން އިންތިޚާބާ ބެހޭ ކަންތައްތައް ކުރިޔަށް ގެންދާނީ ސުޕްރީމް ކޯޓުންނޭ، ނިމުނީއެއް ނޫންތޯ އެކަން،" މޫސަ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މަޖިލިސް އިންތިޚާބު ފަސް ކުރަން ޖެހޭ ފަދަ ހުކުމެއް ކަމަށާއި އިންތިޚާބުތަކުގެ ސައްހަކަމާއި މިނިވަންކަމާ މެދު ސުވާލު އުފެދޭ ގޮތަށް ކޯޓުތަކުން ތަފާތު މަރުހަލާގައި ހުކުމް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"އެންމެންގެ މުސްތަގުބަލާ ގުޅިފައިވާ ކަންކަން ނިމިގެންދާ އިރު، މި މަޖިލިހުގެ މުހިންމު ދައުރެއް އަދާކުރަން ޖެހޭ. މިއީ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ ހައްގު ހިމާޔަތް ކުރުމުގެ އެންމެ މުހިންމު ފަހު ބަސް ބުނާ ތަނަކީ ކޯޓެއް ނޫން. ސުޕްރީމް ކޯޓެއް ވެސް ނޫން. މި އިއްޒަތްތެރި މަޖިލިސް،" ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންނާއި ގައުމުގެ މަސްލަހަތާ ގުޅިފައި އޮންނަ ކަންކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީމަ، އެ ހުކުމްތައް އެގޮތަށް ނުކުރެވޭ ގޮތަށް ހެދުމުގެ ބާރު އޮތީ މަޖިލިހަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް، އިންތިޚާބާ ކުޅެން އުޅުމުން ކަމަށެވެ. އަދި ރައްޔިތުން ވާނުވާއެއްގެ ތެރޭގައި ބައިތިއްބަން އުޅޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އިންތިޚާބާ ގުޅޭ އުސޫލުތަކަށް ކުއްލި ބަދަލުތަކެއް ގެނައުމަކީ އެމްޑީޕީން ގަބޫލު ކުރާ ހަމައެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

މަޖިލިހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް އިންތިޚާބީ ގަވައިދުތަކާއި އުސޫލުތަކާއި ގާނޫނުތަކަށް ކުއްލި ބަދަލު އައުމަކީ ގަބޫލު ކުރެވޭނެ ހަމައެއް ނޫން،" ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑު ވިދާޅުވެ އިންތި ވިދާޅުވި އެވެ.

އެމްޑީޕީން ބޮޑު ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓުން ކަނޑައަޅާފައި ވަނިކޮށް، ޕްރައިމަރީން ބަލިވި މީހުންނަށް ވަދަކުރެވޭ ގޮތަށް ހެދީ ޕާޓީ "ގަޑުބަޑު" ކުރަން ކަމަށް އިންތި ވިދާޅުވި އެވެ. މިއީ އެމްޑީޕީ އަށް އަމާޒުކޮށް، ޕާޓީ އަށް ގެއްލުން ދިނުމަށާއި ދެން ހުރި ޕާޓީތަކަށް ވާގިވެރިވުމުގެ ގޮތުން ސުޕްރީމް ކޯޓުން ހިންގި ޖަރީމާއެއް ކަމަށާއި އެމްޑީޕީން އެކަން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ (ސުޕްރީމް ކޯޓުން) ކުރި ހިމޭން ބަޣާވާތެއް،" އިންތި ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނިކުތީ ސިޔާސަތުތަކަކާ އެކުގައި ކަމަށެވެ. އަދި އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ "ޗަރުކޭސް" ކުޅެން ކަމަށް ވިދާޅުވެ، އެ ޕާޓީތަކަށް އޭނާ ފާޑު ވިދާޅުވި އެވެ.

"ފާޑުފާޑަށް ސުޕްރީމް ކޯޓުން ހުކުމް ނެރެން މަސައްކަތް ކުރެވިދާނެ. އަޅުގަނޑުމެން ފަރުވާލެއް ނެތް. ރައްޔިތުންނާ ގުޅުން ހުރި، ރައްޔިތުން އެދޭ ސިޔާސަތުތަކާއި ގާނޫނުތަކެއް އެޖެންޑާ 19 ގެ ދަށުން ހުށަހަޅައިގެން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރާނަން،" އީވާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ، ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓޯތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ.