ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު މެންބަރުން ނެތް ހުސްގޮނޑިތައް ވެސް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
12 މާޗް 2024
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު މެންބަރުން ނެތް ހުސްގޮނޑިތައް ވެސް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޯރަމް ގުނާ ގޮތާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމްކުރީ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެކަމަކު، ހުކުމާ ހިސާބަށް ދިޔައިރު މަޖިލީހުން އޮތީ ހުށަހެޅި މައްސަލައިގައި ބުނާ މާއްދާ ކުރިން އޮތް ގޮތަށް ބަދަލުކޮށް، އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައި ކަމަށް ވާތީ ކޯޓުން ނިންމީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހެޅީ މަޖިލިސް ގަވައިދަށް ފަހުން ގެނައި މާއްދާ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފު ވާތީ، އެ މާއްދާ އުނިކުރުމާ މެދު ގޮތެއް ނިންމުމަށެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެން އޮތީ އެކަމާ މެދު ގޮތެއް ނިންމައިގެން ކަމަށެވެ
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރު އީވާ އަބްދުﷲ އެވެ.
އެ ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 25 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ.
މަޖިލިހުގެ ގަވައިދުގެ 242 ވަނަ މާއްދާ އަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.
ގަވައިދު އެކުލަވާލީ ހުކުމާ އެއްގޮތަކަށް ނޫން: އަސްލަމް
ސުޕްރީމް ކޯޓުން އުޅެނީ އިންތިޚާބު ފިކްސްކުރަން:އެމްޑީޕީ
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް