Roadha Mihaaru
ބޯކޮށް ވާރޭވެހި ތިނަދޫގެ 50 ގެއަކަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭ ވެހި، ގދ. ތިނަދޫގެ 50 ގެއަކަށް ފެން ވަދެއްޖެ

26 ފެބުރުއަރީ 2019

މިއަދު މެންދުރު ގދ. ތިނަދުުުުު އަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިއަދު މެންދުރު ގދ. ތިނަދުުުުު އަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރަމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ މ. އަތޮޅާއި ގދ. އަތޮޅާ ހަމައަށް ރޭގަނޑު 8:00 ނިޔަލަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެވަގުތު އެހިސާބުގަނޑަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް އެތަނުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރި ޓްވީޓެއް

ތިނަދޫގެ އިތުރުން ލ. ގަން އަދި އިސްދުު އާއި ކަލައިދޫގެ ބައެއް ގެތަކަށް ވެސް ފެންވަދެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ގޭގެއަށް ފެން ނުވަންނަ ގޮތް ހެދުމަށް، ދޮރުމަތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސް (އެފްއާރްއެސް) ގުޅިގެން ކުރަމުން ދެއެވެ.

ތިނަދޫގެ ކައުންސިލް މެމްބަރު އަލީ އަމްޖަދު ވިދާޅުވީ 50 ގެއަކަށް ފެން ވަދެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވި ނަމަވެސް، އެއަށް ވުރެ ގިނަ ގޭތަކަށް ފެންވަދެފައި ވާނެ ކަމަށެވެ. އަދި އެ ރަށުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުދަލަށް ބައެއް ގެއްލުން ލިބުނު ނަމަވެސް އެ ރަށު އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފެންހިންދުމުގެ މަސައްކަތް ކުރަން އެމްއެންޑީއެފް އިން ތައްޔާރުވަނީ -- ފޮޓޯ؛ ގަން ކައުންސިލް

ފެންހިންދުމުގެ މަސައްކަތް ކުރަން އެމްއެންޑީއެފް އިން ތައްޔާރުވަނީ -- ފޮޓޯ؛ ގަން ކައުންސިލް

ފެންބޮޑުވުމުގެ ސަބަބުން ލ. ގަމުގެ ބައެއް ގެތަކުގައި ހުރި ކަރަންޓު ސާމާނަށް ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލް މެމްބަރު އިބްރާހިމް އައުރާފު ވިދާޅުވި އެވެ. އެކަމަކު އެ ރަށު އެއްވެސް މީހަކަށް ވެސް ގެއްލުން ނުވާ ކަމަށާއި، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ކައުންސިލުން] އަންގާފައި ވާނީ ރަށު ރައްޔިތުންނަށް ހާދިސާއެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެންނަށް ރިޕޯޓުކުރަން،" އައުރާާާފް ވިދާޅުވި އެވެ.

މ. އަތޮޅާއި ލ. އަތޮޅުގެ ދެމެދަށް ވެސް މެޓް އޮފީހުން ވަނީ މިއަދު މެންދުރު ޔެލޯ އެލާޓް ނެރެފަ އެވެ.