27 ފެބުރުއަރީ 2019
ދެހާސް ދިހަ ވަނަ އަހަރު ރިލީޒް ކުރި ފްރާންސްގެ ފިލްމު "ޕޮއިންޓް ބްލޭންކް" ގެ ހިންދީ ރިމެކެއް ހަދަން ނިންމާފައިވާ އިރު، އޭގެ ބަތަލާގެ ރޯލަށް ކްރިތީ ސެނަން ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް ދިހަ ވަނަ އަހަރު ރިލީޒް ކުރި ފްރާންސްގެ ފިލްމު "ޕޮއިންޓް ބްލޭންކް" ގެ ހިންދީ ރިމެކެއް ހަދަން ނިންމާފައިވާ އިރު، އޭގެ ބަތަލާގެ ރޯލަށް ކްރިތީ ސެނަން ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލާގެ ރޯލް ކްރިތީ އަށް ހުށަހެޅި ނަމަވެސް، މި ފިލްމުގެ ބަތަލުގެ ރޯލް ކުޅޭނެ އެކްޓަރަކު އަދި ހަމައެއްނުޖައްސަ އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޕޮއިންޓް ބްލޭންކް" ގެ ރައިޓްސް ގަނެފައި ވަނީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ، އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫގެ ތުރިލާ "ބަދުލާ" ގެ ޕްރޮޑަކްޝަން ޓީމުގައި ހިއްސާވާ އެޒުއާ އެންޓަޓައިންމަންޓެވެ.
Happiest birthday to the calmest director ever! @AshGowariker sir, i’m so glad that i got this opportunity to work with you and know you!Thank you for all the warmth,smiles and encouragement every single day on the set!!Wish this is the best year you’ve ever had??❤️ #Panipat pic.twitter.com/H8VLvvPLQa
— Kriti Sanon (@kritisanon) February 15, 2019
މިހާރު ވަރަށް ބިޒީ ބަތަލާއެއްގެ ގޮތުގައު ފާހަގަ ކުރެވޭ ކްރިތީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އެވެ. މި އަހަރު ރިލީޒް ވާން ހުރި އޭނާގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ކަލަންކް"، "އަރުޖުން ޕަޓިއާލާ"، "ހައުސްފުލް 2" އަދި "ޕާނިޕަޓް" ހިމެނެ އެވެ.
ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލް ކުޅެމުން އަންނަ ފިލްމުގައި އޭނާގެ ބޭބެ އަންޝުމަން ސަކްސޭނާގެ ރޯލް ކުޅެން އެކްޓަރު އަންގަދު ބޭދީ ސޮއިކޮށްފި އެވެ.
Aren't @NehaDhupia and @Imangadbedi looking adorable together in this picture? pic.twitter.com/ypIpikcPYG
— BombayTimes (@bombaytimes) February 11, 2019
ފިލްމުތަކުގައި އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެނިގެންދާ އަންގަދަކީ ބަތަލާ ނީހާ ދޫޕިއާގެ ފިރިމީހާ އެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޖަންވީއާ އެކު ކުޅޭ ފިލްމަށް ސޮއިކޮށް، އަންގަދު މިހާރު ވަނީ އޭގެ ޝޫޓިން ވެސް ފަށައިފަ އެވެ.
ޖާންވީ ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު ރަސްމީކޮށް ލޯންޗް ނުކޮށް، ޝޫޓިން ކުރިއަށް ގެންދިޔަ ނަމަވެސް، މި ފިލްމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށް ބުނެ މީޑިއާތަކުން ވަނީ ޝޫޓިންގެ ތެރެއިން ލީކްވެފައިވާ ޖާންވީގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ކަރުގިލް ގާލް" ގެ ނަން ދީފައިވާ މި ފިލްމަކީ އިންޑިއާގެ އެއާފޯސްގައި ކުރިން މަސައްކަތް ކުރި އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ގުންޖަން ފާހަގަ ކުރެވިގެން ދިޔައީ ކަރުގިލް ހަނގުރާމައިގެ ތެރޭގައި ހެލިކޮޕްޓަރުގައި ސިފައިންގެ އޮފިސަރުން އުފުލި ފުރަތަމަ އަންހެން ޕައިލެޓްގެ ގޮތުގަ އެވެ.
"ކަރުގިލް ގާލް" އަކީ ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް" ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ.
ކުރިން އަންނަ މަހުގެ 1 ގައި ރިލީޒް ކުރަން ނިންމި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
.@arjunk26 @ParineetiChopra Train Se Faraar!#SandeepAurPinkyFaraar
— #SAPF (@SAPFTheFilm) February 7, 2018
Read more: https://t.co/HSDdbO37r1 pic.twitter.com/FWDXYwi2KP
ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޮގަސްޓް 3 ގައި ރިލީޒް ކުރަން ނިންމި ފިލްމެކެވެ. އެކަމަކު މި އަހަރަށް ފިލްމު ފަސްކޮށްފައި، އަނެއްކާ ވެސް ތާރީހެއް ބޮޑު ބަދަލެއް ގެންނަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
"ސަންދީޕް އޯރް ޕިންކީ ފަރާރު" އަކީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ ޖޯޑު އެކީގައި ފެނިގެން ދާނެ ތިން ވަނަ ފިލްމެވެ. މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ނަމަސްތޭ އިންގްލެންޑް" އިންނެވެ.
ސަންޖޭ ލީލާ ބަންސާލީ، ސަލްމާން ހާނާ އެކު މިހާރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާގެ ރޯލް ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Fire and ice pic.twitter.com/0BX58PQWlW
— PRIYANKA (@priyankachopra) January 30, 2019
ނަމަވެސް ބަންސާލީ އާއި އޭނާގެ ޓީމުން އަދި މިކަން ކަށަވަރެއް ނުކޮށްދެ އެވެ. ޕްރިޔަންކާ ވަނީ ދާދި ފަހުން ސަލްމާނާ އެކު ކުޅެން ފިލްމަކަށް ސޮއިކޮށް، ފަހުން އެ ފިލްމުން ވަކިވެސްވެފަ އެވެ. އެއީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ އަލީ އައްބާސް ޒަފަރުގެ "ބާރަތު" އެވެެ. އެ ފިލްމު ކުއްލި ގޮތަކަށް ޕްރިޔަންކާ ދޫކޮށްލުމުން، ބަތަލާގެ ރޯލް ދީފައި ކެޓްރީނާ ކެއިފަށެވެ.
އަދި ފިލްމުން ޕްރިޔަންކާ ވަކިވުމުން އޭނާ އާއި ސަލްމާންގެ ގުޅުން ވެސް ގޯސްވެފައިވާ ކަމަށް އޭރު އަޑު ފެތުރިފައިވެ އެވެ.
ސަލްމާނާއި ޕްރިޔަންކާ ވަނީ ކުރިން "މުޖްސޭ ޝާޑީ ކަރޯގޭ" އާއި "ސަލާމޭ އިޝްގް" އަދި "ގޯޑް ތުސީ ގްރޭޓް ހޯ" ގައި މަސައްކަތްކޮށްފަ އެވެ.
ބަންސާލީގެ 2015 ގެ "ބަޖިރާއޯ މަސްތާނީ" ގައި ޕްރިޔަންކާ މުހިއްމު ރޯލެއް ކުޅެފައިވާ އިރު، 2013 ގެ "ރާމް-ލީލާ" ގެ އައިޓަމް ލަވައެއް ވެސް އޭނާ ކުޅުނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ ޑޮކިއުމަންޓްރީ ނެރޭޓްކޮށްދޭނީ އާލިއާ
އަމީތާބް "ޗެހެރޭ" ކުޅުނީ ހިލޭ
ބޮލީވުޑްގެ ނުފޫޒުގަދަ މީހުންނާ ދެކޮޅަށް ޕެޓިޝަނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާނާ ހެދި އަކްޝޭގެ ފޭނުން ރުޅިގަދަވެއްޖެ
އަންނަ އަހަރު ސަލްމާނާއި އަކްޝޭގެ ކުރިމަތިލުމެއް
އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ
ކަރަންގެ ފިލްމު ސަލްމާން ދޫކޮށްލައިފި
ޕްރިޔަންކާއާ އެކު ބަންސާލީ އެކްޝަން ފިލްމެއް ހަދަނީ