11 ނޮވެމްބަރ 2019
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ދޯސްތާނާ 2" ގެ ޝޫޓިން ޗަންދީގަރްގައި ހޮނިހިރު ދުވަހު ފަށައިފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ދޯސްތާނާ 2" ގެ ޝޫޓިން ޗަންދީގަރްގައި ހޮނިހިރު ދުވަހު ފަށައިފި އެވެ.
ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކު އެކްޓަރު ކާތިކް އާރިޔަން އެކަން ކަށަވަރުކޮށް ދީފައިވާ އިރު، މި ފިލްމަކީ ކަރަން 2008 ގައި ގެނެސްދިން "ދޯސްތާނާ" ގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު ފިލްމު ގެނެސްދެނީ މުޅިން ތަފާތު ޑައިރެކްޓަރަކާއި ތަފާތު ކާސްޓަތަކާ އެކު އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުންނަ ކޮލިން ޑި ކަންޙާ ޑައިރެކްޓްކުރާ "ދޯސްތާނާ" ގެ ތަރިންނަކީ ކާތިކާއި ޖާންވީ ކަޕޫރާއި އަލަށް ތައާރަފުކުރާ ލަކްޝަޔާ އެވެ. ރިޕޯޓްތައް ބުނާގޮތުން ފިލްމުގައި ޖާންވީ އާއި ލަކްޝަޔާ ކުޅެނީ ދެބޭންގެ ރޯލެކެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު "ދޯސްތާނާ" އަކީ ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި ކަރަންގެ "ޑްރައިވް" ގެ ޑައިރެކްޓަރު ތަރުން މަންސުޚާނީ ހެދި ފިލްމެކެވެ.
#Dostana2 Begins !!! ???♂?@karanjohar @collinDcunha#Janhvikapoor @itsLakshya1 pic.twitter.com/1HFHHyxAzb
— Kartik Aaryan (@TheAaryanKartik) November 9, 2019
އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަން އެވެ. އަދި ފިލްމުގެ ހާއްސަ ރޯލަކުން ބޮބީ ޑިއޯލް ވެސް ފެނިފައިވެ އެވެ.
"ދޯސްތާނާ 2" ގެ މަންޒަރުތައް އިންޑިއާގެ އެކި ސިޓީތަކުގެ އިތުރުން އެ ގައުމުން ބޭރުގައި ވެސް ނަގާނެ އެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ދަބަންގް 3" ގެ ލަވަތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ލަވައެއްގެ އޯޑިއޯ އާންމުކޮށްފި އެވެ.
'Dabangg 3' ka naya gaana, 'Yu Karke', suno humaari yaani ki Chulbul Pandey ki aawaaz mein #YuKarkeSonghttps://t.co/ZXtBOwDpjd@arbaazSkhan @sonakshisinha @saieemmanjrekar @PDdancing @KicchaSudeep @nikhil_dwivedi @SajidMusicKhan @wajidkhan7 @ipayaldev @SKFilmsOfficial @TSeries
— Chulbul Pandey (@BeingSalmanKhan) November 9, 2019
މި ފަހަރު ދޫކޮށްލި ލަވަ އަކީ "ޔު ކަރްކޭ" އެވެ. މި ލަވަ ކިޔާފައި ވަނީ ސަލްމާނާއި ޕާޔަލް ދޭވް އެވެ. ލަވައިގެ މިއުޒިކް ސާޖިދު-ވާޖިދު ހަދާފައިވާ އިރު، ޅެން ލިޔެފައި ވަނީ ދާނިޝް ސަބްރީ އެވެ.
ސަލްމާނަކީ މީގެ ކުރިން ވެސް ފިލްމުތަކަށް ލަވަކިޔާފައިވާ ތަރިއެކެވެ. އެގޮތުން "ކިކް" އާއި "ހީރޯ" އަދި "ރޭސް 3" އަށް ލަވަ ކިޔާފައިވެ އެވެ.
"ދަބަންގް 3" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުކުރާ ސާއީ މުކަރްޖީ އެވެ.
މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕާގަލްޕަންތީ" ގެ ކާސްޓްގައި ހިމެނޭ ޕުލްކިޓް ސަމްރާޓާއި ކްރިތީ ކަރްބަންދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެކަން ޕުލްކިތު ކަށަވަރުކޮށް ދީފި އެވެ.
Pyaar ke chakkar mein pagal ho jaate hai kuch log... Catch Janvi aur Chandu ki pyaar bhari #PagalpantiMoments. @kriti_official @PulkitSamrat. pic.twitter.com/5Y7ktH355T
— Anees Bazmee (@BazmeeAnees) November 3, 2019
ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ގުޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ އެއީ މިހާރު ރޫމާއެއް ނޫން ކަމަށާއި އަންހެން ކުއްޖަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ނަމަ އެ މީހަކީ މިހާރު ކްރިތީ ކަމަށެވެ.
މި ދެ މީހުންގެ ލޯބީގެ ގުޅުން ސޯޝަލް މީޑިއާ އިން ވަރަށް ބޮޑަށް މި ފަހުން ފާހަގަކުރެވެ އެވެ. އެގޮތުން އިންސްޓަގްރާމްގައި އެކަކު އަނެކަކުގެ ފޮޓޯތަކަށް ކުރާ ކޮމެންޓްތައް ފާހަގަކޮށްލެވެ އެވެ. "ޕާގަލްޕަންތީ" ގެ ކުރިން ދެ ތަރިން މިދިޔަ އަހަރު "ވީރޭ ކީ ވެޑިން" ކިޔާ ފިލްމެއް ވެސް ކުޅެފައިވެ އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައިނުވާ ޕުލްކިތަކީ ކުރިން ކައިވެންޏެއްކޮށް އެ ކައިވެނި ރޫޅިފައިވާ އެކްޓަރެކެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ސަލްމާން ޚާނާ ދުރުތާ ތިމާގެ ޝްވޭތާ ރޯހިރާއާ އެވެ. އެ ދެ މީހުން 2014 ގައި ކުރި ކައިވެނި އަހަރެއް ފަހުން ރޫޅިފައިވެ އެވެ.
ކައިވެނި ރޫޅުނު ފަހުން ޕުލްކިތު ވަނީ ބަތަލާ ޔާމީ ގޯތަމްއާ ވެސް ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އެކަމަކު އެ ދެ މީހުން އެކަމަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ.
ސޮނީ ޓީވީން އަލަށް ފަށާ ޑްރާމާ ސިލްސިލާ "މޭރޭ ޑޭޑް ކީ ދުލްހަން" މިރޭ ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.
Here is a glimpse of our adorable father-daughter duo, Amber and Niya and the unique relationship they share. Catch them on #MereDadKiDulhan starting on 11th November at 10 PM. @ATatrari pic.twitter.com/xBq5DlUTBC
— Sony TV (@SonyTV) November 8, 2019
މި ސިލްސިލާ އަކީ ބައްޕައަކަށް އަންބަކު ހޯދައިދޭން ޒުވާން އަންހެން ދަރިއަކު ކުރާ މަސައްކަތްތައް ދައްކުވައިދޭނެ ސިލްސިލާއެކެވެ. "މޭރޭ ޑޭޑް ކީ ދުލްހަން" ގެ ތަރިންނަކީ އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްވެތާ ތިވާރީ (ޕްރޭނާ) އާއި ވަރުން ބަޑޯލާގެ އިތުރުން އަންޖަލީ ތަތުރާރީ އެވެ.
މި ސިލްސިލާ ސޮނީން ގެނެސްދޭނީ ކޮންމެ ހަފުތާއަކު ހޯމަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ރެއަށެވެ. ދައްކާނީ ރާއްޖެ ގަޑިން 9:30 ގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދޯސްތާނާ 2" ގެ ޝޫޓިން އަށް އަލުން ތައްޔާރުވަނީ
"ދޯސްތާނާ 2" ގައި ޖާންވީ އާއި ކާތިކް
ކާތިކްގެ ބަދަލުގައި "ދޯސްތާނާ 2" އަށް ކާކު؟
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދޯސްތާނާ 2 ގައި ޖާންވީ އާއި ކާތިކް އަކީ ދެބެއިން؟
"ދޯސްތާނާ 2" އުފައްދާނީ ތަފާތު ކާސްޓަކާ އެކު
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު