24 ފެބުރުއަރީ 2019
ހެނޮއީ (ފެބްރުއަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މި ހަފުތާގައި ވިއެޓްނާމްގައި ބާއްވާ ސަމިޓުގެ ކުރިން، އެ ދެ ބޭފުޅުންނާ ވައްތަރު ދެ މީހުން ހައްޔަރުކޮށްފި އެވެ.
ހެނޮއީ (ފެބްރުއަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މި ހަފުތާގައި ވިއެޓްނާމްގައި ބާއްވާ ސަމިޓުގެ ކުރިން، އެ ދެ ބޭފުޅުންނާ ވައްތަރު ދެ މީހުން ހައްޔަރުކޮށްފި އެވެ.
ކިމްއާ ވައްތަރުވެގެން އުޅުނު ހޮވާޑް އެކްސް އާއި ޓްރަމްޕްއާ ވައްތަރު ރަސެލް ވައިޓް ވަނީ ވިއެޓްނާމްގެ ވެރިރަށް ހެނޮއީގައި "ސަމިޓެއް" ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ދެ މީހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ޓްރަމްޕްއާ ވައްތަރު ރުސެލް ވައިޓް (ވ) އާއި ކިމްއާ ވައްތަރު ހޮވާޑް އެކްސް. --ފޮޓޯ:ގެޓީ އިމޭޖަސް
ސަމިޓަށް ފަހު ހޮވަޑް އެކްސް އާއި ވައިޓް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ އެ މީހުން ބޭނުން ވަނީ ނޯތު ކޮރެއާގެ މަސްރަހު ފިނިކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ ދެ މީހުން ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި ވިއެޓްނާމުން ޑިޕޯޓްކޮށްލަފާނެ ކަމަށް އެ ދެ މީހުންނަށް ވަނީ އަންގައިފަ އެވެ.
ކިމްއާ ވައްތަރު ހޮވާޑް އެކްސް އަކީ ހޮން ކޮންގް މީހެކެވެ. ވައިޓް އުފަންވެފައި ވަނީ ކެނެޑާއަށެވެ.
ޓްރަމްޕާއި ކިމް މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ސަމިޓުގެ ކުރިން ވެސް ހޮވާޑް ވަނީ ސިންގަޕޫރަށް ޒިޔާރަތް ކޮށްފަ އެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ފެއްޓެވީ ފަރިއްކޮޅަކުން
ޓްރަމްޕާއި ކިމްގެ ސަމިޓް މިމަހު ފަހުކޮޅު ވިއެޓްނާމްގައި
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ކިމް ވައިޓް ހައުސް އަށް ވަޑައިގަތުމަށް ދައުވަތު ދެއްވި
ނޯތު ކޮރެއާ އަށް ވަޑައިގެން ޓްރަމްޕް ތާރީޚުގެ ތެރެއަށް
ޓްރަމްޕް-ކިމް ސަމިޓް ނާކާމިޔާބުވެގެން ނިމިއްޖެ
ނޯތު ކޮރެއާއަށް އިގްތިސާދީ ބާރަކަށް ވެވިދާނެ: ޓްރަމްޕް
ރޭލުގައި ކުރެއްވި ދިގު ދަތުރަށް ފަހު ކިމް ވިއެޓްނާމުގައި
ކިމް ޖޮން-އުންއާ ވައްތަރު މީހާ ވިއެޓްނާމުން ޑިޕޯޓްކޮށްލައިފި
ޓްރަމްޕް ސަމިޓަށް ކިމް 60 ގަޑިއިރުގެ ރޭލު ދަތުރެއްގައި