01 ޖުލައި 2019
ޕިއޮންޔަން (ޖުލައި 1) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވައިޓް ހައުސް އަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕިއޮންޔަން (ޖުލައި 1) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވައިޓް ހައުސް އަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އިއްޔެ ވަނީ ދެ ކޮރެއާ ގުޅޭ ބޯޑަރަށް ވަޑައިގަތުމަށް ފަހު، ނޯތު ކޮރެއާގެ ބިމުގައި ފައިންޕުޅުޖެއްސެވުމަށް ފަހު، އެ ގައުމަށް ވަޑައިގެންނެވި، ވެރިކަމުގައި ހުންނެވި، އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ތާރީޚުން ޖާގަ ހޯއްދަވައިފަ އެވެ. ނޯތު ކޮރެއާގެ ސަރަހައްދަށް ކިމްއާ އެކު ހިންގަވާފައި ވަޑައިގެން ދެ ބޭފުޅުން ސަލާމް ކުރެއްވުމަށް ފަހު އެނބުރި ވަޑައިގެން ސައުތު ކޮރެއާގެ ސަރަހައްދަށް ވެސް ދެ ބޭފުޅުން އެކުގައި ވަޑައިގެންނެވި އެވެ.
އޭގެ ފަހުން ދެ ބޭފުޅުން ދެއްކެވި ވާހަކައިގައި، ޓްރަމްޕް ވިދާޅުވީ ކިމް އެމެރިކާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި "ކޮންމެވެސް ދުވަހަކުން އެކަން ވާނެ" ކަމަށެވެ.
ދެބޭފުޅުންގެ ވާހަކައިގައި ކިމް އެމެރިކާ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވިންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ދެން ބޭނުން ވަނީ އެކަން ކަމަށެވެ.
ޓްރަމްޕާ އެކު ސައުތު ކޮރެއާގެ ފަޅިއަށް ވަޑައިގެން ކިމް ވިދާޅުވީ މިއީ މާޒީގައި ހިނގާދިޔަ ކަންކަން ހަނދާން ނައްތާލައި އާ ކުރިމަގެއް ފަށަންވީ ވަގުތު ކަމަށެވެ.
ޓްރަމްޕާއި ކިމްގެ ފުރަތަމަ ސަމިޓް މިދިޔަ އަހަރު ބޭއްވީ ސިންގަޕޫރުގަ އެވެ. އޭގެ ފަހުން ދެ ވަނަ ސަމިޓް ފެބްރުއަރީ މަހު ބޭއްވީ ވިއެޓްނާމުގަ އެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ނޯތު ކޮރެއާ އަށް ވަޑައިގެން ޓްރަމްޕް ތާރީޚުގެ ތެރެއަށް
ޓްރަމްޕް-ކިމް ސަމިޓް ނާކާމިޔާބުވެގެން ނިމިއްޖެ
ޓްރަމްޕާއި ކިމްގެ ސަމިޓް ފެއްޓެވީ ފަރިއްކޮޅަކުން
ނޯތު ކޮރެއާއަށް އިގްތިސާދީ ބާރަކަށް ވެވިދާނެ: ޓްރަމްޕް
ޓްރަމްޕާއި ކިމްއާ ވައްތަރު ދެ މީހުން ހައްޔަރުކޮށްފި
ޓްރަމްޕް ސަމިޓަށް ކިމް 60 ގަޑިއިރުގެ ރޭލު ދަތުރެއްގައި
ޓްރަމްޕާއި ކިމްގެ ސަމިޓް މިމަހު ފަހުކޮޅު ވިއެޓްނާމްގައި
ޓްރަމްޕާއި ކިމްގެ ދެ ވަނަ ސަމިޓް އަންނަ މަހު ބާއްވަނީ
ޓްރަމްޕާ އެކު އާ ސަމިޓަކަށް ކިމް ހުށަހަޅުއްވައިފި