21 ފެބުރުއަރީ 2019
ޓެކްނޮލޮޖީއާ އެކު ދިރިއުޅުމަށް އައިސްފައިވާ ބަދަލު ވެހިކަލްތަކުގެ ނަންބަރު ޕްލޭޓުން ފެންނަ ގޮތް ހަދަން އޮސްޓްރޭލިއާގެ ކްއީންސްލޭންޑުން ތައްޔާރުވާން ފަށައިފި އެވެ. ސްމާޓް ފޯނު ފަދަ ވަސީލަތްތަކާ އެކު މުއާމަލާތް ކުރުމުގައި ބޭނުންކުރުން އާންމުވެފައިވާ އިމޯޖީތައް ނަންބަރު ޕްލޭޓަށް ގެންނަނީ އެވެ.
ޓެކްނޮލޮޖީއާ އެކު ދިރިއުޅުމަށް އައިސްފައިވާ ބަދަލު ވެހިކަލްތަކުގެ ނަންބަރު ޕްލޭޓުން ފެންނަ ގޮތް ހަދަން އޮސްޓްރޭލިއާގެ ކްއީންސްލޭންޑުން ތައްޔާރުވާން ފަށައިފި އެވެ. ސްމާޓް ފޯނު ފަދަ ވަސީލަތްތަކާ އެކު މުއާމަލާތް ކުރުމުގައި ބޭނުންކުރުން އާންމުވެފައިވާ އިމޯޖީތައް ނަންބަރު ޕްލޭޓަށް ގެންނަނީ އެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަމްބަރު ޕްލޭޓްގައި އިމޯޖީތައް ހިމަނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަންނަ މަހު ހުޅުވައިލަން ކްއީންސްލޭންޑްގެ ރަސްމީ އިދާރާތަކުން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު ބޭނުންހާ ޒާތެއްގެ އިމޯޖީއެއް ބޭނުމެއް ނުކުރެވޭނެ އެވެ.
ނަމްބަރު ޕްލޭޓްގައި ބޭނުން ކުރެވޭ އިމޯޖީތައް ލިމިޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމަނަން ނިންމާފައި ވަނީ އުފާވެރިކަން އިހުސާސްކޮށްދޭ ކަހަލަ އިމޯޖީތަކެވެ. އޭގެ ތެރޭގައި ވިންކިން ފޭސް، ސްމައިލިން ފޭސް ވިތު ހާޓްސް، ލާފިން އައުޓް ލައިޓް، ސްމައިލިން ފޭސް ވިތު ސަންގްލާސް ފަދަ އިމޯޖީތައް ހިމެނެ އެވެ.
Emojis will soon be on our number plates, an idea that’s creating mixed emotions. The new design is being released next month in Queensland. @TristanVorias7 #7News pic.twitter.com/V4Tbr5UyPK
— 7 News Brisbane (@7NewsBrisbane) February 18, 2019
ރިޕޯޓްތައް ބުނާ ގޮތުން އިމޯޖީ ހިމެނޭ ނަމްބަރު ޕްލޭޓްގެ އަގުތައް ފެށޭނީ 340 ޑޮލަރުންނެވެ.
އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ކްއީންސްލޭންޑްގެ ރޯޔަލް އޮޓޮމޮބައިލްސް ކުލަބް (އާރްއޭސީކިއު) އިން ބުނީ ނަމްބަރު ޕްލޭޓްތަކުގައި އިމޯޖީތައް ހިމެނިޔަސް އެއީ ވެހިކަލްތައް ފާހަގަކުރުމުގައި ރަސްމީކޮށް ބޭނުންކުރާނެ ނިޝާނަކަށް ނުވާނެ ކަމަށެވެ.
މިފަދަ ކަމެއް ތައާރަފުކުރާތީ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން މިއީ ދައުލަތަށް ފައިސާ ވައްދަން ޖަހާ މަޅިއެއް ކަމަށް ބުނެފައިވެ އެވެ.
ދުއްވަމުން ފޯނު ބޭނުންކުރާކަން ދެނެގަންނަ ކެމެރާއެއް
އެހެން ޒޯނުތަކަށް ހާއްސަކުރި ޕާކިންގައި 250 ވެހިކަލް
ގެއްލުނު މަސްވެރިޔާ ފެނުނީ ކިނބުލުގެ ބަނޑުން
ކާރެއް ވަގަށް ގެންދަނިކޮށް ފޯކްލިފްޓަކުން ހުއްޓުވައިފި
ރައްޓެއްސަކު ރާކީއަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފި
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ
ޓޮޔޮޓާގެ އީވީ އަށް 35 ބިލިއަންގެ އިންވެސްޓްމަންޓެއް
އައްޑޫގެ ވަކީލެއްގެ ކާރުގައި ރޯކޮށްލައިފި
ފޯޑް ވެސް އިންޑިއާ ދޫކޮށްލަނީ