17 ޖޫން 2022
އޮސްޓްރޭލިއާގައި ކާރެއް ވަގަށް ގެންދަނިކޮށް، އެ ކާރުގެ ވެރިމީހާ ފޯކްލިފްޓެއް ބޭނުންކޮށްގެން ކާރު ގެންދިޔަނުދީ ހިފަހައްޓައި، ވައްކަންކުރަން އުޅުނު އަންހެން މީހާ ފުލުހުންނާ ހަވާލުކޮށްފި އެވެ.
އޮސްޓްރޭލިއާގައި ކާރެއް ވަގަށް ގެންދަނިކޮށް، އެ ކާރުގެ ވެރިމީހާ ފޯކްލިފްޓެއް ބޭނުންކޮށްގެން ކާރު ގެންދިޔަނުދީ ހިފަހައްޓައި، ވައްކަންކުރަން އުޅުނު އަންހެން މީހާ ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެ އަންހެން މީހާ ވަގަށް ނަގަން އުޅުނީ އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ލޯގަންގެ ގެއެއްގެ ގޯތިތެރޭގައި އޮތް ކާރެކެވެ. އެ ވަގުތު އެ ގޭގައި އެއްވެސް މީހަކު ނޫޅެވެ.
އޮސްޓްރޭލިއާގެ ފުލުހުން ބުނީ، އެ އަންހެން މީހާ ކާރު ވަގަށް ނެގުމުގެ ކުރިން ވަނީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެތެރެ އަށް ވަދެ، އެ ގޭގެ ފާހާނާއިން ފެންވަރާއި އެއްޗެހި ވެސް ބަދަލުކޮށްފަ އެވެ. އޭނާ ކާރު ވަގަށް ނަގައިގެން، ނައްޓާލަން އުޅުނު ގަޑިއާ ދިމާވީ އެ ގޭގައި ދިރިއުޅޭ އާއިލާ ގެއަށް ދިޔަ ވަގުތާ ކަމަށް ބުންޏެވެ.
އެ ގޭގެ ވެރިޔާ، ބްރެންޑެން މިލްސް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ކާރު ދިޔައިނުދީ ހިފަހައްޓާއި، އޭގެން ފައިބަން އެ އަންހެން މީހާ ގާތުގައި ތަކުރާރުކޮށް އެންގުމުން ވެސް އޭނާ އެކަމާ ދެކޮޅު ހެދި ކަމަށެވެ. އެ އަންހެން މީހާ ކާރުން ނުފޭބުމުން، އެންމެފަހުން އެ ކާރު ހުއްޓުވީ އޭނާ ގޭގައި ގެންގުޅޭ ފޯކްލިފްޓަކުން ކަމަށް ބުންޏެވެ.
ފޯކްލިފްޓް ބޭނުންކޮށްގެން، މިލްސް އެ ކާރު ބޭއްވީ މައްޗަށް ނަގައިފަ އެވެ.
އެ ގެއަށް ފުލުހުން ދިޔައިރު ވެސް އެ ކާރު އޮތީ ފޯކްލިފްޓުން މައްޗަށް ނެގި ގޮތަށެވެ. އެ އަންހެން މީހާ އޭރު ވެސް ކާރު ތެރޭގައި އިނެވެ.
އެ އަންހެން މިހާރު ހައްޔަރުކޮށްފައިވާއިރު، ހުއްދަ ނުހޯދާއި މީހެއްގެ ގެއަކަށް ވަދެ ވައްކަންކުރަން އުޅުނު ކަމުގެ ދައުވާ އާއި ގާނޫނާ ހިލާފަށް މޮޓޯ ވެހިކަލެއް ބޭނުންކުރަން އުޅުނު ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ. އެ މައްސަލައިގައި އަންނަ މަހު އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ.
މިޝަން އިމްޕޮސިބްލްސްގައި އުޅެނިކޮށް ކާރު ވަގަށްނަގައިފި
ޓެސްލާއިން ސޮފްޓްވެއާއެއް ވަގަށް ނެގުމުން ދައުވާކުރަނީ
މަގުމައްޗަށް ކުޑަކަމުދާން އުޅެގެން ގެއްލުނީ ކާރު
ކަރުގައި އަޅާ ފަށެއް "ބޭނީ" ދޮއްޓަކުން
ދުއްވަމުން ފޯނު ބޭނުންކުރާކަން ދެނެގަންނަ ކެމެރާއެއް
އޮސްޓްރޭލިއާގައި އިމޯޖީތައް ނަމްބަރު ޕްލޭޓްތަކަށް
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ
އޮސްޓްރޭލިއާގައި 16 އަހަރުން ދަށަށް ސޯޝަލްމީޑިއާ މަނާ
ފޯނު ވަގު އަލަމާރި ތެރޭ ފިލާ އޮއްވައި ހައްޔަރުކޮށްފި
އޮޅުވާލައި މީހަކު ގެންގޮސް، ފޭރުނު ތިން މީހުން ޖަލަށް