Roadha Mihaaru
ރައްޓެއްސަކު ރާކީއަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފި

ރާކީގެ ރައްޓެއްސަކު އޭނާ އަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފި

16 އެޕްރީލް 2022

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތުގެ ރައްޓެއްސަކު އޭނާ އަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރާކީ ސާވަންތުގެ ރައްޓެއްސަކު އޭނާ އަށް ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފި އެވެ.

ރާކީ ވަނީ ހަދިޔާއަކަށް ލިބުނު ބީއެމްޑަބްލިއު ރަތް ކާރު އޭނާގެ ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. އެއީ 43 ލައްކަ ރުޕީސްގެ އަގުބޮޑު ކާރެކެވެ.

"ބިގްބޮސް" އިން ވެސް ވިދާލި ރާކީ އަށް އެ ކާރު ހަދިޔާކުރީ އޭނާގެ ގާތް އެކުވެރިޔާ، ޝެލީ ލަދާ އެވެ. ރާކީ ވަނީ އޭނާ އެ ކާރު ދުއްވާ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ޝެލީ ލަދާ، ރާކީ އަށް ކާރެއް ހަދިޔާކުރީ އަގުބޮޑު ކާރެއް ގަންނާނެ ފައިސާ އޭނާގެ އަތުގައި ނެތް ކަމަށް ބުނެފައިވަނިކޮށެވެ.

މީގެ މަސްތަކެއް ކުރިން ރާކީ ވަނީ ކާރު ވިއްކާ ފިހާރައަކުން ވެސް ފެނިފަ އެވެ. އެ ދުވަހު އެތަނުން ނިކުންނަނިކޮށް ޕަޕަރާޒީންނަށް ފެނިގެން، އާ ކާރެއް ގަންނަނީތޯ ސުވާލުކުރުމުން އޭނާ ބުނީ އަގު ބޮޑެތި ކާރު ގަނެވޭހާ އޭނާ ތަނަވަސް ނޫން ކަމަށެވެ.