25 ފެބުރުއަރީ 2022
ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ހޯސްޓް ކުރާ އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގްބޮސް"އާ ނެޕޮޓިޒަމްގެ ވާހަކަތައް ގުޅުވާ ކަންގަނާ ރަނައުތު ކުރި ތުހުމަތުތަކާ ގުޅިގެން ރާކީ ސާވަންތު ސަލްމާނުގެ ދިފާއުގައި ނިކުމެ، ކަންގަނާ އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި އެވެ.
ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ހޯސްޓް ކުރާ އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގްބޮސް"އާ ނެޕޮޓިޒަމްގެ ވާހަކަތައް ގުޅުވާ ކަންގަނާ ރަނައުތު ކުރި ތުހުމަތުތަކާ ގުޅިގެން ރާކީ ސާވަންތު ސަލްމާނުގެ ދިފާއުގައި ނިކުމެ، ކަންގަނާ އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި އެވެ.
ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރާކީ ބުނީ ކަންގަނާ ދެއްކި ވާހަކަތަކުން އޭނާ ވަރަށް ދެރަވާ ކަމަށެވެ. ސަލްމާން ބިން ބޮސް ހުށަހަޅާތާ މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި ކަންގަނާގެ އެ ފެންވަރުގެ އެންމެ ޝޯއެއް ހުށަހެޅުމުގެ ހިތްވަރު ހުރި ނަމަވެސް އެކަން ދައްކާލުމަށް އެދޭ ކަމަށެވެ.
ސަލްމާންގެ އެ ހިތްވަރު އެބަހުރި ކަމަށާއި އެކަމަކު ކަންގަނާގެ އެއްވެސް ހިތްވަރެއް ނެތް ކަމަށް ރާކީ ބުންޏެވެ.
ސަލްމާން ހާނާއި ރާކީ ސާވަންތު--
ކަންގަނާ އަންނަނީ ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ "ލޮކްއަޕް" ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެ ޝޯ އަކީ ވެސް ސަލްމާން ހުށަހަޅާ ބިގްބޮސް ކަހަލަ ޝޯއެކެވެ. އެހެންވެ، ކަންގަނާ އޭނާ އަބަދު ވެސް އުޅޭ ގޮތަށް ޕްރެސްތަކުގައި އެ ކަހަލަ އެހެން ޝޯތަކަށް ފާޑުކިޔައި، ބޮލީވުޑްގެ އެހެން ފަންނާނުންނަށް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.
ރާކީ ބުނީ ބޮލީވުޑްގެ ކަންކަމަށް ކަންގަނާ އެ ވަރަށް އެއްޗެހި ގޮވިޔަސް، ކޮންމެ ފަހަރަކު އެނބުރި އަންނަން ޖެހެނީ ހަމަ ބޮލީވުޑަށް ކަމަށެވެ. އަދި ބޮލީވުޑަށް އޭނާ ފަތިވަރު ނުގޮވަންވީ އޭނާ ބޭނުންޖެހޭ ކޮންމެ ފަހަރަކު، އޭނާގެ ފަހަތުގައި އޮންނަނީ އެ އިންޑަސްޓްރީ ކަމަށް ވާތީއޭ ރާކީ ބުންޏެވެ.
ކަންގަނާއާ ދިމާލަށް ރާކީ މިގޮތަށް ބުނިއިރު މިފަހުން ކަންގަނާ އުޅެނީ ވެސް ބޮލީވުޑްގެ ތަރިންނަށް ވަރަށް ޒާތީ ގޮތުން ޖައްސަލައިގެންނެވެ. އޭނާއާ ދިމާލަށް އެއްޗެއް ނުބުނިޔަސް އޭނާ ހިތްހަމަނުޖެހޭ ނަމަ، ވަރަށް ހުތުރު ބަސްތަކުން ދިމާކޮށްލަ އެވެ.
ކަންގަނާގެ ފިލްމުން މަންޒަރުތަކެއް ކަނޑަން އަންގައިފި
ފިލްމު ފާސްކޮށްނުދީގެން ކަންގަނާގެ ފިލްމު ފަސްކުރަނީ
ކަންގަނާގެ ފިލްމާއި "އޮޕެންހައިމާ" އަޅާކިޔޭނެ
ކަންގަނާގެ "އެމަޖެންސީ" އަންނަ މަހު 6ގައި އަޅުވަނީ
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
ފިލްމު ކުޅެން މާ ފަސޭހަ: ކަންގަނާ
ކަންގަނާ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފި
ގޮނޑި ލިބުމުން ފިލްމު ކުޅުން ހުއްޓާލާނަން: ކަންގަނާ
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ