20 ފެބުރުއަރީ 2019
ލިވަޕޫލް (ފެބްރުއަރީ 20) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ލިވަޕޫލް (ފެބްރުއަރީ 20) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުން ލިވަޕޫލް އެއްވަރުވިއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 20 މެޗު ހަަމަކޮށްފަ އެވެ. އެކަމަކު މި މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ލިވަޕޫލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ދެ ވަނަ ލެގުގައި ބަޔާން ދަނޑުގައި ކުޅޭއިރު، މި މުބާރާތުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަޔާން ކުޅުނު 26 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.
އަދި ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ފަހުން ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެގެން ނިންމާލި 31 ޓީމުގެ ތެރެއިން އަނެއް ބުރަށް ދިޔައީ އެންމެ 10 ޓީމެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެތެރެއިން އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަށެވެ. ސަލާހު ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ މަތަކުރިއިރު، މާނޭ ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ބޭރަށެވެ.
ބަޔާނަށް ވެސް ލަނޑު ޖަހައިދޭން ސާގް ގްނަބްރީ އާއި ކިންގްސްލީ ކޯމަން ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ލިވަޕޫލްގެ އެއް ނަމްބަރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަހަތަށް ކުޅުނު ޔޮއެލް ޕަޓިޕް އާއި ފަބީނިއޯ ވަނީ ބަޔާނުގެ ރޮބާޓް ލެވަންޑޯސްކީ ކައިރީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަންނަ މަހު 13 ވަނަ ދުވަހު ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު ލިވަޕޫލަށް އޮންނާނެ އަނެއް ކަންބޮޑުވުމަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމު ރަށުންބޭރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވުމެވެ. ބަޔާނަށް އޮތް ހިތްހަމަނުޖެހުމަކީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ފުލްބެކް ޖޯޝުއާ ކިމިޗް ދެ ވަނަ ލެގަށް ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވުމެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އެންމެ ބޭނުންވި ނަތީޖާ އެއް ނޫން ކަމަށާއި އެންމެ ގޯސް ނަތީޖާ ކަމަށް ދެކިގެން ވެސް ނުވާނެ ކަމަށެވެ.
"އަހަރެމެންނަށް ދިމާވި މައްސަލަ އަކީ އެންމެ ފަހު ބޯޅައިގައި ގޯސްތަކެއް ހެދުނީ. މިއީ އެންމެ ރަނގަޅު ނަތީޖާއެއް ނޫން. މި މެޗުން އަހަރެމެންނަށް ނެގޭނެ ޕޮޒިޓިވްތަކެއް އެބަހުރި. މިއީ ގޯސް ނަތީޖާއެއް ކަމަށް ދެކިގެން އަމިއްލަ އަށް ޕްރެޝަރަށް ވެއްޓެން ބޭނުމެއް ނޫން. އަދި ވެސް 90 މިނިޓް އެބައޮތް،" ކްލޮޕް ބުންޏެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބާސެލޯނާ ވަނީ ލިޔޯން ދަނޑުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.
ކުއާޓާގެ ފުރަތަމަ ދެ ޖާގަ ބެޔާން އާއި ލިވަޕޫލަށް
ލިވަޕޫލުން އިންޓަ ބަލިކޮށްފި، ބެޔާން ސަލާމަތްވީ ކިރިޔާ
ލިވަޕޫލް އަނެއް ބުރަށް، ބަޔާންގެ ރެކޯޑް ނިމުމަކަށް
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ރެއާލަށް ފުރަތަމަ މޮޅު
"ފޯރިގެންނަން ލިވަޕޫލަށް ޕްރެޝަރު ކުރާކަށް ނުޖެހޭ"
ބަޔާނާ ދެކޮޅަށް ހާއްސަ ވާދަވެރިކަމެއް ނެތް: ކްލޮޕް
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް