18 ފެބުރުއަރީ 2019
ޓޫރިޒަމަށް އާ ކަންކަން ތައާރަފްކުރުމަށް މިނިސްޓްރީގައި ހާއްސަ ސެކްޝަނެއްގެ އުފައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމަށް އާ ކަންކަން ތައާރަފްކުރުމަށް މިނިސްޓްރީގައި ހާއްސަ ސެކްޝަނެއްގެ އުފައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޒުކީ ބަޔޯސްފިއާ ސްވިމް އިވެންޓުގައި ބައިވެރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަލީ ވަހީދު ވިދާޅުވީ، މިކަމަކީ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރެވުނު މުހިއްމު ކަމެއް ކަމަށެވެ. ޓޫރިޒަމް އިތުރު ދާއިރާތަކުން ޕްރޮމޯޓް ކުރުމުގައި ފެތުމަކީ ރާއްޖޭގައި އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ފެތުމުގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު އަންނަ މަންޒިލަކަށް ރާއްޖެ ހެދުމުގައި، ފަތާ މީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް އަވަހަށް ޑައިވާސް ޓޫރިޒަމް ސެކްޝަނެއް ހެދިގެންދާނެ. އޭގެ މަސައްކަތް ސިވިލް ސާވިސްއާ އެކު މިދަނީ ކުރަމުން. ޓެކްނިކަލީ ވެސް މިކަން ކުރައްވާނެ ބޭފުޅުން ވެސް މި ސެކްޝަނުގައި ތިއްބަވާނެ،" އޭނާ ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސް އެސޯސިއޭޝަނުން އިންތިޒާމުކުރި ބައޮސްފިއާ ސްވިމް އިވެންޓާ ގުޅޭ ގޮތުން އެ އެސޯސިއޭޝަންގެ ރައީސް ހުސައިން ޝަމީމު ވިދާޅުވީ، ބ އަތޮޅުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އެހާ ފުރިހަމަކޮށް ބޭއްވުނީ ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. ޝަމީމު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހަރަކާތްތައް އެ އެސޯސިއޭޝަނުން ކުރިއަށްގެންދާނެ ކަމަށެވެ.
"ބަޔޯސްފިޔާ ރިޒާވް ޕްރޮމޯޓް ކުރުމަށްޓަކާ ހާއްސަ ކަންތައްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެން ވެސް ދިޔައިމަ އެނގުނީ ރީތި ވަރަށް ޕޮޓެންޝިއަލް ހުރި ތަނެއްކަން. އެތަނުގެ ޕޮޓެންޝިއަލް ރިއަލައިޒު ނުވާ ކަމަށް ގަބޫލު ކުރެވެނީ. މިވެސް ވަރަށް ބޮޑަށް ހުޅުވާލެވެން ހުރި ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅުގައި ބޭއްވި "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" ގައި 43 ކިލޯ މީޓަރަށް ފަތާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
"ޓޫރިޒަމް ދިރުވަން ދަތުރުފަތުރުގެ ފަސޭހަކަން މުހިންމު"
މިނިސްޓްރީއަށް ފައިސާ ބަލައިގަންނަން ބޭނުމެއްނޫން: އަލީ
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"