16 ފެބުރުއަރީ 2019
ނިއު ދިއްލީ (ފެބްރުއަރީ 16) - އިންޑިއާގެ އެންމެ ސްޕީޑް ބާރު ރޭލްގެ ފުރަތަމަ ދަތުރުގައި ވެސް ބްރޭކް ފެއިލްވެ މައްސަލަ ޖެހިއްޖެ އެވެ.
ނިއު ދިއްލީ (ފެބްރުއަރީ 16) - އިންޑިއާގެ އެންމެ ސްޕީޑް ބާރު ރޭލްގެ ފުރަތަމަ ދަތުރުގައި ވެސް ބްރޭކް ފެއިލްވެ މައްސަލަ ޖެހިއްޖެ އެވެ.
އިންޑިއާގައި އުފައްދާފައިވާ ސެމީ ހައި ސްޕީޑް ވަންޑެ ބާރަތު އެކްސްޕްރެސްގެ ދަތުރުތައް ފެށީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެ ޚިދުމަތް އިފްތިތާހުކޮށްދެއްވިތާ އެއް ދުވަސް ފަހުންނެވެ. ރޭލުގެ ބްރޭކުގައި މައްސަލަ ޖެހުނީ ފުރަތަމަ ދަތުރުގައި ވަރަނަސި ސިޓީ އަށް ދަތުރުކޮށްފައި އެނބުރި ވެރިރަށް ދިއްލީ އަށް ދިޔަ ދަތުރުގަ އެވެ.
އިންޑިއާގެ ރޭލްވޭ ތަރުޖަމާނަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ރޭލް އަށް މައްސަލަ ދިމާވީ ގެރިއެއްގައި ރޭލު ޖެހުނު ފަހުން ކަމަށެވެ. ޓެސްޓް ދަތުރުތަކުގައި އެ ރޭލް ވަނީ ގަޑިއަކު 180 ކިލޯމީޓަރު (110 މޭލް) އަށް ދުއްވައިފަ އެވެ.
ބްރޭކް ފެއިލްވި ފަހުން ރޭލުގެ އެންމެ ފަހު ހަތަރު ކޯޗުން ދުން އެރިކަން ޑްރައިވަރުންނަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ހުރިހާ ކޮންޕާޓްމަންޓަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ރޭލްގައި ގިނައިން ތިބީ ރޭލްވޭ އޮފިޝަލުންނާއި ނޫސްވެރިންނެވެ. އެ މީހުން ވަނީ އެހެން ރޭލެއްގައި ދިއްލީ އަށް ގެންގޮސްފަ އެވެ.
ރޭލް ގެރިއެއްގައި ޖެހުނު ކަމަށް ރޭލްވޭ މިނިސްޓްރީން ލަފާކުރި ނަމަވެސް ރޭލްގެ ކުރީ ބަޔަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންޑީޓީވީން ބުނެ އެވެ. އާ ރޭލުގެ ވިޔަފާރި ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ އާދިއްތަ ދުވަހު އެވެ.
އިންޑިއާގެ ރޭލުގެ ބޮޑު ވައްކަން ފުލުހުން ތަހުގީގުކުރަނީ
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
އިންޑިއާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 280 މަރު
ޖެފްނާ-ކޮލޮމްބޯ، މަތީ ފެންވަރުގެ ރޭލު ދަތުރު ފަށައިފި
ކުއްޖެއްގެ ނަމަކަށް "ލޮކްޑައުން ޔާދަވް"
ފެންބޮޑުވެ، ރޭލުގައި ތާށިވި އެންމެން ސަލާމަތްކޮށްފި
ބުލެޓް ރޭލަށް މެސްކޮޓެއް ފަރުމާކުރަން ހުޅުވާލައިފި
ރޭލް ގޮސް އާއްމުންތެރެއަށް، މަރުވި މީހުންގެ އަދަދު 60 އަށް
ރޭލުގެ ފާޚާނާގެ ފެނުން ސައި ހަދައިގެން ވިއްކައިފި
އިންޑިއާގެ ރޭލަކުން ވަކިވި ބައިތައް އެތައް މޭލަކަށް