13 ފެބުރުއަރީ 2019
އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިރޭ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި މަޓީގެ ބައިވެރިވުމާ އެކު އެ ކޮމިޝަނުން ރިސޯޓްތަކާ އެކު ބޭއްވި މަޝްވަރާ އިން ނިންމާފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 50 މީހުން އުޅޭ ރަށްރަށުގައި ވޯޓު ފޮށި ބަހައްޓަން ކަމަށެވެ. މި އިންތިޚާބުގައި އަލަށް، އަށް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ކުރީ ފަހަރުގެ ތަޖުރިބާ އަށް ބަލައި 50 މީހުން ހަމަވާ ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ،" އަކްރަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 100 މީހުން ހަމަވާ ރިސޯޓްތަކުގައި ކަމަށް ކަނޑައެޅުމުން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ރިސޯޓްތައް، ކޮމިޝަނުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
އީސީން ބުނެފައިވާ ގޮތުގައި މަޖިލީހުގެ އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިޚާބަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
އީސީގެ އޮފިޝަލުންނަށް ބައެއް ރިސޯޓްތަކަށް ނޭރުނު!
ވޯޓުފޮށި ބަހައްޓަން 14 ރިސޯޓަކުން ރަޖިސްޓްރީވެއްޖެ
ވޯޓުފޮށި މިހާތަނަށް ބެހެއްޓޭވަރުވީ އެންމެ ރިސޯޓެއްގައި
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
ބަޔާން ހުށަނޭޅި މައްސަލާގައި ތަހުގީގު ފުރިހަމަކުރަނީ
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ
މާލީބަޔާން ހުށަނާޅާ 39 މީހުންނާ މެދު ގޮތެއް ނިންމަނީ
މާލީ ބަޔާން ހުށަނާޅާއިފި ނަމަ ޖަލު ހުކުމެއްގެ ބިރު!