Roadha Mihaaru
ކުރީގެ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފި

ކުރީގެ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފި

24 އޯގަސްޓް 2016

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ލަންޑަންގައި އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ލަންޑަންގައި އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.

ނަޝީދު ލަންކާގައި ހުންނެވި ކަން އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވީ ނަމަވެސް އެމްޑީޕީ އަދި އިދިކޮޅު އިއްތިހާދުން ވެސް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ބޭސްފަރުވާއަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަޝީދު ލަންކާ އަށް ވަޑައިގަތީ، އެނގިފައިވާ ގޮތުގައި، "ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެ"ވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ބައްދަލުވުންތަކުގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އިއްތިހާދުގެ ނައިބު ލީޑަރު އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ވެސް އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެ އެވެ.

ޖަމީލް ލަންކާ އަށް ވަޑައިގަންނަވާނީ މާދަމާ ކަމަށް ވެ އެވެ.

އިދިކޮޅު އިއްތިހާދުގެ އިސް ވެރިންތަކެއް ލަންޑަންގައި

އިދިކޮޅު އިއްތިހާދުގެ އިސް ވެރިންތަކެއް ލަންޑަންގައި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން އަންގާފައިވީ ނަމަވެސް އެމަނިކުފާނު ވިދާޅުވެފައި ވަނީ އެފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނާއި އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ބޭފުޅުން ރާއްޖެ އިން ބޭރުގައި މަސައްކަތް ކުރައްވަނީ، ގައުމާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ ކަންކަން ހުއްޓުވައި އިންތިގާލީ ސަރުކާރެއް އުފައްދާށެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އެކަން ފުރިހަމަވުމުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.