05 ފެބުރުއަރީ 2019
މެޑްރިޑް (ފެބްރުއަރީ 5) – ލޫކާ މޮޑްރިޗަށް އަނެއްކާ ވެސް އާ ކޮންޓްރެކްޓް ހުށަހަޅަން ރެއާލް މެޑްރިޑުން ތައްޔާރުވެއްޖެ ކަމަށާއި މި ފަހަރު ސޮއިކުރާނެ ކަމުގެ އިތުބާރު އެ ކްލަބަށް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (ފެބްރުއަރީ 5) – ލޫކާ މޮޑްރިޗަށް އަނެއްކާ ވެސް އާ ކޮންޓްރެކްޓް ހުށަހަޅަން ރެއާލް މެޑްރިޑުން ތައްޔާރުވެއްޖެ ކަމަށާއި މި ފަހަރު ސޮއިކުރާނެ ކަމުގެ އިތުބާރު އެ ކްލަބަށް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑާ އެކު މޮޑްރިޗް ހަދާފައިވާ ކޮންޓްރެކްޓުގައި އަދިވެސް 18 މަސް ދުވަސް ބާކީ އެބައޮތެވެ. އެހެންވެ ކުރިމަގާ މެދު މާބޮޑަށް ނުވިސްނާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެކަމަކު މެޑްރިޑުން އެކަމުގައި އަވަސ އަރުވާލާ ސަބަބަކީ އިންޓަ މިލާނުން އޭނާ ގެންދަން މަސައްކަތްކުރުމެވެ.
މި ސީޒަން ފެށުމުގެ ކުރިން އިންޓަ އިން މޮޑްރިޗް ގެންދަން ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަން ކާމިޔާބުކުރުމާ ގާތަށް ވެސް ދިޔަ އެވެ. އަދި ގޮތެއް ނުނިންމި، މޮޑްރިޗް މެޑްރިޑުގެ ޕްރެކްޓިހަށް ނުނުކުމެ ވެސް މަޑުކުރި އެވެ. އެކަމަކު މިހާރު ވަނީ ރާގު ބަދަލުވެފަ އެވެ.
"އަހަރެންގެ އެދުމަކީ މި ކްލަބުގައި އެއަށް ވުރެ ވެސް ދިގު މުއްދަތަކަށް މަޑުކުރުން. ހަގީގަތަކީ އަހަރެން މިތަނުގައި މިހުރީ އުފަލުން ކަމަށްވުން. މި ކްލަބަށް އަހަރެން ފުރަތަމަ އައި ދުވަހެކޭ މިއަދެކޭ ތަފާތެއް ނެތް،" މޮޑްރިޗް ބުނެފައިވެ އެވެ.
ނިމިގެން ދިޔަ އަހަރަކީ އުމުރުން 33 އަހަރުގެ މޮޑްރިޗުގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. ކްރޮއޭޝިއާއާ އެކު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށް، ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި ފީފާ، ޔުއެފާ އަދި ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކުރި އެވެެ.
ސުޕަ ކަޕްގެ ތައްޓާއެކު އެމްބާޕޭއަށް ހުވަފެނީ ފެށުމެއް
މޮޑްރިޗަށް އާއެއްބަސްވުމެއް ނޫން، ރެއާލްގެ ކޯޗުކަށްވާން
ރެއާލް ދޫކޮށްލާކަށް މޮޑްރިޗް ބޭނުމެއް ނުވި
ރެއާލަށް ދެރަ ޚަބަރެއް، މާސެލޯ ޓީމު ދޫކޮށްލައިފި
"ރޮނާލްޑޯ ނެތި ރެއާލް ވަރުގަދަވީ ޓީމެއްގެ ގޮތުގައި"
ރެއާލުން ފަސް ކުޅުންތެރިން ވިއްކާލަން ތައްޔާރު
އާ ކޮންޓްރެކްޓަށް މޮޑްރިޗް ނޫނެކޭ ބުނެފި
މޮޑްރިޗް މައްސަލައިގައި އިންޓަ ކުށްވެރިއެއް ނުވި
ފީފާގައި މޮޑްރިޗް އިންޓަ ދިފާއުކޮށްފި
މޮޑްރިޗް މައްސަލައިގައި އިންޓަ އަށް އިންޒާރުދީފި