05 ފެބުރުއަރީ 2019
ތަފާތު މަރުތަކާއި ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ މީިހުންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި އިހުމާލުވި ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާއިން ފިޔަވަޅު އަޅާފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ތަފާތު މަރުތަކާއި ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ މީިހުންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި އިހުމާލުވި ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާއިން ފިޔަވަޅު އަޅާފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެކަމަކު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި، އެއިން އެއްވެސް މައްސަލައެއްގެ ތަފުސީލެއް، އަދި އެއީ ކޮން އިރަކު ހިނގާފައިވާ މަރުތަކެއް ކަމެއް ނުވަތަ ވީނުވީއެއް ނޭނގި ގެއްލުނު މީހުންކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ހަމައެކަނި ދީފައި އޮތީ 2007 އާއި 2018 އާ ދެމެދު އެ ކޮމިޝަނަށް ހުށައެޅި އެފަދަ މައްސަލަތަކުގެ އަދަދުތަކެކެވެ.
"ހަތް މައްސަލައެއްގައި އިހުމާލްވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާ އިން ފިޔަވަޅު އެޅުމުން އެ މައްސަލަތައް ނިންމާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
"ކަމާ ގުޅުން ހުރި މުއައްސަސާ އިން" ނޭ ބުނުމުން އެ ރަައްދުވަނީ އެންމެ އިދާރާއަކަށް ކަން ދޭހަވެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ކަރެކްޝަނަލް ސާވިސް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް ކަމާ ގުޅުން ހުރި މުއައްސަސާ އިން ފިޔަވަޅު އެޅުމުން މައްސަލަ ނިންމި ކަމަށް ބުނެފައި އެވަނީ އެހާ ހިސާބުން އެ މައްސަލަ ފައިލްކުރުމަށެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި ދައުލަތުގެ އިހުމާލުން މަރުވި މީހުންނައި މަރާލާފައިވާ މީހުންނާއި ވީ ގޮތެއް ނޭނގި ގެއްލިފައިވާ މީހުންގެ ތެރެއިން އެކި ފަރާތްތަކުން 16 މައްސަލެއް ބަލައިދޭން އެ ކޮމިޝަނަށް ހުށައެޅި އެވެ. އޭގެ އިތުރުން ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 37 މައްސަލައެއް ބަލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެޗުއާރުސީއެމުން ބެލި މައްސަލަތަކުގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިިޓަލްތަކުގެ އިހުމާލުން މަރުވި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ބައެއް މީހުންގެ މައްސަލަ ވެސް ހިމެނެ އެވެ.
ކޮމިޝަނުން ބުނީ 11 އަހަރުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 53 މައްސަލައެއް ބަލަން ފަށައި މިހާތަނަށް 45 މައްސަލައެއްގެ ތަހުގީގު ނިމިފައިވާ ކަމަށެވެ.
- ދައުލަތުގެ އިހުމާލުން ކުއްޖަކު މަރުވުމުގެ މައްސަލަ
- ވީގޮތެއް ނޭނގި ފަސް މީހަކު ގެއްލުނު މައްސަލަ
- މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި 28 މީހެއްގެ މައްސަލަ
- ބޭސްފަރުވާ ފޯރުކޮށްދިނުމާއި ވިހެއުމުގެ ތެރޭގައި ހޮސްޕިޓަލާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން މަރުވެފައިވާކަމަށް ބުނެ ހުށަހެޅި 17 މައްސަލަ
- ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ދެ މީހެއްގެ މަރު ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ދެ މައްސަލަ
އެޗްއާރުސީއެމުން ބެލި މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ފިޔަވަޅު އެޅި ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް ނެތުމުން، ފިޔަވަޅު އެޅީ ދައުލަތުގެ ކޮން އިދާރާއެއްގެ، ކޮން ބައެއްކަމެއް ނޭނގެ އެވެ.
އެޗުއާރުސީއެމްގެ ބަޔާނުގައި ބުނީ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒުވަމުންދާ މިންވަރު ކޮމިޝަނުން ގަވައިދުން ބަލަމުން އަންނަ ކަމަށެވެ.
މަރާ ގުޅޭ ގޮތުން ބެލި 23 މައްސަލައެއްގައި އިހުމާލެއްނުވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ދެ މައްސަލައެއްގައި ދައުލަތުގެ އިދާރާއެއްގެ އިހުމާލުވެފައިވާކަމަށް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާތީ އެ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލަ އެވެ. ދެ ވަނަ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.
މިހާރު ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދަނީ ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ އެއް މައްސަލަ އާއި އިހުމާލުގެ ސަބަބުން މަރުވެފައިވާ ކަމަށް ބުނާ އަށް މީހެއްގެ މަރުގެ މައްސަލަ އެވެ.
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި
ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރުގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި