Roadha Mihaaru
މައި ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމަށް ހުޅުވާލައިފި

މައި ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި

03 ފެބުރުއަރީ 2019

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (މައި ކޮލެޖު) ގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޕްރޮގްރާމެއް ތައާރަފުކޮށް އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (މައި ކޮލެޖު) ގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޕްރޮގްރާމެއް ތައާރަފުކޮށް އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ބުނީ އެމްބީއޭ ޕްރޮގްރާމަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

މައި ކޮލެޖުގައި މާސްޓާސް ފެންވަރުގެ ދެ ކޯހެއް މިހާރު ކުރިއަށްގެންދެ އެވެ. އެއީ އެޑިއުކޭޝަންގެ މާސްޓާސް ޕްރޮގްރާމާއި މާސްޓާސް އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން ޕްރޮގްރާމެވެ. އެ ކޯސްތައް ޑިޒައިންކޮށްފައިވަނީ ވާޗުއަލް މޯޑުގަ އެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށް މައި ކޮލެޖުން ބުންޏެވެ.

މިވަގުތު މައި ކޮލެޖުގެ 19 ގޮތްޕެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވާފައި ވެ އެވެ. އެކި ފެންވަރުގެ 62 ކޯހެއް މިއަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު މި މަސް ނިމުމުގެ ކުރިން ރަޖިސްޓްރީވާ ދަރިވަރުންނަށް މުޅިކޯހުގެ ފީގެ 25 ޕަސެންޓް ހިލޭ ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.