25 އޯގަސްޓް 2016
ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ލޮލަށް ގެއްލުންވެ ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.
ކޮންޓެކްޓް ލެންސް ބޭނުންކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ލޮލަށް ގެއްލުންވެ ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.
އެމެރިކާގެ މިދިޔަ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައި ސީޑީސީ އިން ބުނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންގެ ލޮލަށް، ލެންސް ބޭނުންކުރަންޖެހޭ ގޮތް ނޫން ގޮތްގޮތަށް ބޭނުންކުރުމުން ގެއްލުންވެގެން ފަރުވާ ހޯދަންޖެހޭ ކަމަށެވެ.
"ކޮންޓެކްޓް ލެންސް ބޭނުންކުރަންޖެހޭ ގޮތަށް ބޭނުން ނުކުރުމުންނާއި އެ ލައްވައިގެން އުޅުން ބަހައްޓާ ގޮތުގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ދިގު މުއްދަތަކަށް ގެއްލުން ލިބިދާނެ،" ސީޑީސީ ބުނެފައިވެ އެވެ.
ވެބްއެމްޑީ ގައި ލޮލުގެ ޑޮކްޓަރަކާ ހަވާލާދީ ބުނެފައި ވަނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ އެމެރިކާ މީހުންގެ ތެރޭގައި ގިނައީ ލެންސްގެ ސާފުތާހިރުކަން ފަދަ މުހިންމު ކަންކަމާ މެދު ފަރުވާ ކުޑަކުރާ މީހުންނެވެ.
"ކޮންޓެކްޓް ލެންސުގެ ސަބަބުން ލޮލަށް ގެއްލުން ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،" ލެނޮކްސް ހިލް ހޮސްޕިޓަލްގެ ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މާކް ފްރޯމާ ވިދާޅުވެފައިވެ އެވެ.
"އެމެރިކާގައި ކޮންޓެކްޓް ލެންސް ބޭނުންކުރާ 41 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ގަބޫލެއް ނުކުރޭ ލޮލަށް މި ލައްވަނީ މެޑިކަލް ޑިވައިސްއެއް ކަމަކަށް."
ސީޑީސީގެ ތަޖުރިބާކާރުން މިހެން ބުނެފައި ވަނީ 2005 އާއި 2015 އާ ދެމެދު 1100 މީހަކު ބޭނުންކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. މި މީހުންގެ ތެރެއިން ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ވަނީ ކޯނިއާ ހަލާކުވެގެން އެކި ވަރުގެ ފަރުވާ ހޯދައިފަ އެވެ. މީގެ ތެރެއިން 10 ޕަސެންޓް މީހުން ވަނީ ކޮންޓެކްޓް ލެންސްގެ ސަބަބުން ލޮލަށް ގެއްލުންވެ އިމަޖެންސީން ފަރުވާ ހޯދައިފަ އެވެ.
ލެންސްގެ ސަބަބުން އާންމުކޮށް ކުރިމަތިވަނީ އާދައިގެ އިންފެކްޝަން ނަމަވެސް މި އިންފެކްޝަންތަކުގެ ސަބަބުން ގިނަ ދުވަހު ފަރުވާ ހޯދަންޖެހޭ މައްސަލަތައް ކުރިމަތިވާކަން ސީޑީސީން ބުނެ އެވެ.
ލެންސުގެ ސަބަބުން އެންމެ ގިނަ މީހުންނަށް ގެއްލުން ވެފައި ވަނީ ލެންސް ނުނަގައި ލެންސާ އެކު ނިދުމުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި ގިނައީ ވަރަށް އާދައިގެ ކަމަކުން ސަލާމަތް ވެވިދާނެ މައްސަލަތައް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ދުވަސްވަރު ލެންސް ލެއްވުން ރައްކާތެރިއެއް ނޫން
ކޮންޓެކްޓް ލެންސަކުން ލޯ އަނދިރިވި މީހެއްގެ ވާހަކަ
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ނިދި ހަމަޔަކަށް އަޅުވައިދޭން އައިނެއް ހަދަނީ
މަޑު އަލީގައި ފޮތް ކިޔާ ނަމަ ލޯ ހަލާކުވާނެތަ؟
ކޮންޓެކްޓް ލެންސުން ޖެހޭ ނުރައްކާ އިންފެކްޝަނެއް!
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ކަރަންގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިފި
އޭއެމްޑީސީގެ ސައިންސް ލެބަށް އައިއެސްއޯ ސެޓްފިކެޓް
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟