26 ސެޕްޓެމްބަރ 2018
ލޮލަށް ލައްވާ ކޮންޓެކްޓް ލެންސުން ޖެހޭ ވަރަށް ނާދިރު އެކަމަކު ނުރައްކާ އިންފެކްޝަނަކާ މެދު ސަމާލުވުމަށް އިނގިރޭސި ވިލާތުގެ ރިސާޗް ޓީމަކުން އިންޒާރު ދީފި އެވެ.
ލޮލަށް ލައްވާ ކޮންޓެކްޓް ލެންސުން ޖެހޭ ވަރަށް ނާދިރު އެކަމަކު ނުރައްކާ އިންފެކްޝަނަކާ މެދު ސަމާލުވުމަށް އިނގިރޭސި ވިލާތުގެ ރިސާޗް ޓީމަކުން އިންޒާރު ދީފި އެވެ.
އެ ޓީމުން ބުނީ ލޯ އަނދިރުވުމަށް މެދުވެރިވާ ނުރައްކާ އިންފެކްޝަނެއް ކަމަށްވާ އެކަންތަމީބާ ކެރަޓައިޓިސް، ސައުތު އިންގްލެންޑުގައި ފެންނަ މިންވަރު 2011 ވަނަ އަހަރާ އަޅާބަލާއިރު ތިން ގުނަ އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ ކޮންޓެކްޓް ލެންސް ގެންގުޅުމުގައި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.
މި އިންފެކްޝަން ޖެހުމުން ސިސްޓް އުފައްދާ މައިކްރޮއޮގަނައިޒަމްގެ ސަބަބުން ލޮލުގެ ކޯނިއާގައި ރިއްސައި ވަރަށް ވޭން އަޅަ އެވެ.
ރިސާޗް ޓީމުން ބުނީ މި އިންފެކްޝަން ޖެހޭ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކެއްގެ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކޮށް އަދި އެއްގޮތަކަށް ވެސް ނުފެންނަ ވަރު ވެސް ވާ ކަމަށެވެ. އަދި މިއީ ދިގު މުއްދަތަަށް ފަރުވާ ހޯދަންޖެހޭ ބައްޔެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި އިންފެކްޝަން އެމެރިކާގައި ވެސް އިތުރުވަމުން އަންނަކަން ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
-ކޮންޓެކްޓް ލެންސުން ލޮލަށް ގެއްލުން ލިބުން ކުޑަކުރުމަށް، މި ކަންކަމަށް ސަމާލުވާން ތަޖުރިބާކާރުން ލަފާދެ އެވެ؛
- ކޮންޓެކްޓް ލެންސުގައި އަތްލުމުގެ ކުރިން ސައިބޯނިލައިގެން ފެނުން ރަނގަޅަށް އަތް ދޮވުން
- ލެންސް ސާފުކުރުމުގައި އާދައިގެ ފެން ބޭނުންކުރުން ފަދަ ކަންކަން ނުކުރުން
- ފެންވެރުމާއި މޫދަށް އެރުން ފަދަ، ލޮލަށް ފެން ވަންނަ ކަންކަން ކުރުމުގެ ކުރިން ލޮލުން ލެންސް ނެގުން
- ލެންސް ލައްވައިގެން އުޅޭ މީހެއްގެ ލޮލުގައި ރިއްސައި، ލޮލުގެ ފެނުމަށް ކިރިޔާ ވެސް ނޭދެވޭ އަސަރެއް ކުރާހެން ހީވާ ނަމަ އަވަހަށް ލެންސް ނަގައި، ޑޮކްޓަރަށް ދެއްކުން
ފަލަވުމުގެ ސަބަބުން ކެންސަރުޖެހޭ މީހުން ގިނަވަނީ
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟
އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް