29 ޖެނުއަރީ 2019
ކެންސަރު އެއްކޮށް ފަސޭހަވާ ފަރުވާއެއް އަންނަ އަހަރު ތެރޭ ހޯދިދާނެ ކަމަށް އިޒްރޭލުގެ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
ކެންސަރު އެއްކޮށް ފަސޭހަވާ ފަރުވާއެއް އަންނަ އަހަރު ތެރޭ ހޯދިދާނެ ކަމަށް އިޒްރޭލުގެ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
މި ފަރުވާ އީޖާދުކުރީ އިޒްރޭލުގެ އެކްސަލެރޭޓެޑް އިވޮލޫޝަން ބަޔޯޓެކްނޮލޮޖީސްގައި، އެތަނުގެ ސީއީއޯ އިލާން މޮރާޑްގެ ބެލުމުގެ ދަށުން ކަމަށް ޖެރޫސެލަމް ޕޯސްޓްގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކެންސަރު އެއްކޮށް ފަސޭހަވާ ފަރުވާއެއް، އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީކޮށް ބޭނުންކުރަން ފެށިދާނެ،" ކުންފުނީގެ ބޯޑް ޗެއާމަން ޑޭން އަރިދޯރް ވިދާޅުވެފައިވެ އެވެ.
"ކެންސަރަށް އަޅުގަނޑުމެން ދޭ ފަރުވާގެ ނަތީޖާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެންނަން ފަށާނެ. އަދި މުޅި ފަރުވާ އަށް ހޭދަވާނީ މަދު ހަފުތާތަކެއް. މީގައި ސައިޑް އިފެކްޓެއް ނުހުންނާނެ ނުވަތަ ވަރަށް ކުޑަ ވާނެ. މިހާރު މި ދޭ ފަރުވާތަކަށް ވުރެ އަގު ވެސް މާބޮޑަށް ހެޔޮވާނެ."
މި ފަރުވާގައި ބޭނުންކުރަނީ ކެންސަރަށް އަމާޒުކޮށް ދޭ "ޕެޕްޓައިޑްސް" އާއި ކެންސަރު ސެލަށް ވަކިން ހަމަލާދީ މަރާލާ ވިހައެކެވެ.
އެ ނޫހަށް، ޑޮކްޓަރު މޮރާޑް ވިދާޅުވި ގޮތުގައި މި ފަރުވާ، ކޮންމެ މީހަކަށް ވަކިން ހާއްސަކޮށް ބަދަލުކުރެވޭނެ އެވެ. އެގޮތުން، ބޭސް ދޭނީ އެ މީހަކަށް ޖެހިފައި ހުރި ކެންސަރުގެ ބާވަތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީދަލުގެ ހަށިގަނޑަށް އިންސާނުންގެ ކެންސަރު ސެލް ފޮނުވުމަށް ފަހު މި ފަރުވާ ދިނުމުން މީދަލުގެ ސިއްހަތު ރަނގަޅު ސެލްތަކަށް އެއްވެސް ގެއްލުމެއް ނުވެ ކެންސަރު ސެލް ހަލާކުވެ އެވެ. އަޖުމަ ބެލުމުގެ އާ ބުރެއް ފަށަން އަނެއްކާވެސް ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރެވި، ކެންސަރުގެ ބައެއް ކޭސްތަކުގައި މި ފަރުވާ ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށް މޮރާޑް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް އޭޖެންސީ ފޯ ރީސާޗް އޮން ކެންސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ އަހަރަކު މުޅި ދުނިޔެއިން 18.1 މިލިއަން މީހުންނަށް ކެންސަރު ޖެހެ އެވެ. އަދި މަރުވާ ކޮންމެ ހަ މީހަކުން އެކަކީ ކެންސަރު ބަލީގައި މަރުވާ މީހެއް ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟
އިސްކޮޅުން ދިގުވުމާ ކެންސަރާ ގުޅުން ހުރެދާނެ
ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ
ހަކުރުބަލީގެ އަންހެނުންނަށް ކެންސަރުގެ ނުރައްކާ މާ ބޮޑު
ލޭގެ ޓެސްޓަކުން ކެންސަރު ދެނެގަނެވިދާނެ ކަމުގެ އުއްމީދު
ކެންސަރު ގިނަވަނީ ފަލަބައްޔާއި ހަކުރުބަލި އިތުރުވާތީ
ކެންސަރު ޖެހުމުގެ މާކުރިން އެކަން އެނގޭނެ ޓެސްޓެއް
ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް