09 ޖޫން 2017
ކެންސަރު ޖެހުމުގެ މާކުރިން އެކަން ދެނެގަނެވޭނެ ޓެސްޓެއް އީޖާދުކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކެންސަރު ޖެހުމުގެ މާކުރިން އެކަން ދެނެގަނެވޭނެ ޓެސްޓެއް އީޖާދުކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކެންސަރު ހުރިތޯ ބެލުމަށް މިހާރު ޓެސްޓްކުރަން ޖެހެނީ ބަލި ހުރިކަމަށް ޝައްކު ކުރެވޭ ހިސާބުން އެތިކޮޅެއް ނަގައިގެން ޓެސްޓް ކޮށްގެންނެވެ. މިއީ ބަލިމީހާ އަށް ވަރަށް ވޭން ލިބޭ ޓެސްޓެކެވެ. އޭގެ ބަދަލުގައި އާއްމުކޮށް ހަދާ މެޑިކަލް ޗެކްއަޕް ހަދާއިރު ލޭ ނަގައިގެން މި ޓެސްޓް ކުރެވޭ ގޮތް ހެދިދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.
މި ޓެސްޓް ހެދޭގޮތް ވެ، ކެންސަރުގެ ޓިއުމަރުތައް އުފެދުމުގެ ކުރިން އެކަން އެނގޭ ނަމަ ބައްޔަށް އަމާޒުކޮށް އަވަހަށް ފަރުވާ ދޭން ފަށައި އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ އެވެ.
ޗިކާގޯގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ކެންސާ ކޮންފްރެންސްގައި ބައިވެރިޔާ ތަޖުރިބާކާރުން ވަނީ މި ޓެސްޓް ހެދުމަށް ތައްޔާރުކުރަމުންދާ ޓެކްނޮލޮޖީގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ދައްކާލާފަ އެވެ. މިތަނުން އެއް ޕްރޮފެސަރަކު ވިދާޅުވެފައިވާ ގޮތުގައި ކާމިޔާބުކަމާއެކު ސްކްރީން ކުރެވޭގޮތް ވެއްޖެނަމަ ކެންސަރުގެ ސަބަބުން މިހާރު މަރުވާ މީހުން 10 ގުނަ ދަށް ކުރެވޭނެ އެވެ.
ޕެންކްރިއެޓިކް، އޯވޭރިއަން އަދި ފުއްޕާމެއަށް ޖެހޭ ކެންސަރަކީ ބަލީގެ ކުރީކޮޅު ދެނެގަންނަން އުނދަގޫ ވައްތަރު ތަކެކެވެ. ސަބަބަކީ ބަލީގެ އަލާމާތްތައް އޮޅުންބޮޅުން ކަމުން ކަމަށް ލަންޑަންގެ އިންސްޓިޓިއުޓް އޮފް ކެންސާ ރިސާޗް އަދި ރޯޔަލް މާސްޑެން ހޮސްޕިޓަލުގެ ޑރ. ނިކޮލަސް ޓާނާ ވިދާޅުވި އެވެ.
"މި ޓެސްޓް ވުޖޫދަށް އައުމުގެ އުންމީދު އިތުރުވުން ކެންސަރު ކޮމިއުނިޓީ ވަނީ ވަރަށް އުފާވެފައި. ނަމަވެސް މިއީ ކިހާވަރަކަށް ހަގީގަތަކަށް ހެދިދާނެ އެއްޗެއްކަމެއް އަދި މުޅިން ސާފެއް ނޫން،" ޑރ. ޓާނާ ވިދާޅުވި އެވެ.
ދަ ގާޑިއަން ނޫހަށް ޖޯންސް ހޮޕްކިންސް ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސާ އޮފް އޮންކޮލޮޖީ ޑރ. ބާޓް ވޮގެލްސްޓީން ވިދާޅުވެފައިވާ ގޮތުގައި ކެންސަރު އުފެދެން ފެށޭތާ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ކެންސަރުގެ ސަބަބުން މަރުވާ މީހުންގެ 90 ޕަސެންޓް މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ބުނުމުގެ ފުރުސަތު އެބައޮތެވެ.
އާއްމުކޮށް ކޮންމެ އަހަރަކު މެޑިކަލް ޗެކްއަޕް ހަދާއިރު ނުވަތަ ހަކުރާއި ކޮލެސްޓްރޯލް ފަދަ އެއްޗެހި ހުރިތޯ ޓެސްޓްކުރާއިރު މި ޓެސްޓް ވެސް ކުރެވޭގޮތް ވުމަކީ ސައިންސްވެރިން އުންމީދު ކުރާ ގޮތެވެ.
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ
އަންނަ އަހަރު ކެންސަރަށް ފަރުވާ ހޯދިދާނެ ކަމަށް ބުނެފި
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟
އިސްކޮޅުން ދިގުވުމާ ކެންސަރާ ގުޅުން ހުރެދާނެ
ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ
ހަކުރުބަލީގެ އަންހެނުންނަށް ކެންސަރުގެ ނުރައްކާ މާ ބޮޑު
ލޭގެ ޓެސްޓަކުން ކެންސަރު ދެނެގަނެވިދާނެ ކަމުގެ އުއްމީދު
ކެންސަރު ގިނަވަނީ ފަލަބައްޔާއި ހަކުރުބަލި އިތުރުވާތީ
ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް