29 އޮކްޓޯބަރ 2018
އިސްކޮޅުން ދިގު މީހުންނަށް ކެންސަރުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިސްކޮޅުން ދިގު މީހުންނަށް ކެންސަރުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޕްރޮސީޑިން އޮފް ދަ ރޯޔަލް ސޮސައިޓީ ބީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ކެލިފޯނިއާ ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ކެންސަރަށް ހުށަހެޅޭ ސަބަބުތަކަށް ބަލާ އިރު، އުމުރު ވެސް އޭގައި މުހިއްމު ރޯލެއް ކުޅޭ ގޮތަށް މީހާގެ އިސްކޮޅަކީ ކެންސަރާ ގުޅުން ހުރި ކަމެކެވެ. އެގޮތުން އިސްކޮޅުން ދިގު މީހުންނަށް ކެންސަރުގެ ބިރު ބޮޑު ކަމަށް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މީހާގެ ބަރުދަނާއި އިސްކޮޅު ހުންނަން ޖެހޭ ވަރަށް ވުރެ 10 ސެންޓިމީޓަރު (4 އިންޗި) އިތުރު ނަމަ އެ މީހަކު ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު 10 ޕަސެންޓަށް އިތުރުވެ އެވެ. ކެންސަރުގެ 23 ބާވަތަކަށް ހުށަހެޅޭ ކަންކަމަށް ބަލާ އިރު އޭގެ ތެރޭގައި މީހާގެ ނިއުޓްރިޝަން ލެވެލް އާއި އިޖުތިމާއީ ހާލަތު މުހިއްމު ދައުރެއް އަދާ ކުރެ އެވެ.
ދިރާސާގައި ހެދުމުގައި ބައިވެރިވި ލިއޮނާޑް ނަނީ ވިދާޅުވި ގޮތުގައި އިސްކޮޅުގެ ނިސްބަތުން ކެންސަރު ޖެހުމުގެ އޮތް މިންވަރަށް ބަލާ އިރު، އަންހެނުންނަށް އާންމުކޮށް ޖެހެނީ ތައިރޮއިޑާއި ހަމުގެ ކެންސަރެވެ. އަދި ފިރިހެނުންނަށް އެންމެ ބޮޑަށް ޖެހެނީ ހަމުގެ ކެންސަރެވެ.
"އިސްކޮޅަށް ބަލާ ނަމަ ފާހަގަ ކުރެވޭ އެންމެ މުހިއްމު ކަމަކީ އިސްކޮޅުން ދިގު ނަމަ، އެ މީހަކީ ކެންސަރުގެ ކޮންމެވެސް ބައްޔަކަށް ހުށަހެޅިދާނެ މީހެއް ކަމުގެ ބިރު އޮތުން،" ލިއޮނާޑް ވިދާޅުވި އެވެ. "އެގޮތުން އިސްކޮޅުން ދިގު މީހުންނަށް ކެންސަރުގެ ބާވަތެއް ކަމަށްވާ މެލަނޯމާ [ނުރައްކާތެރި ހަމުގެ ކެންސަރެއް] ގެ ބިރު ބޮޑު."
އޭނާ ވިދާޅުވީ މެލަނޯމާގެ ބިރު އިސްކޮޅުން ދިގު މީހުންނަށް ބޮޑީ އެފަދަ މީހުންގެ ހަށިގަނޑުގައި އުފައްދާ ހޯމޯންއެއް ކަމަށްވާ އައިޖީއެފް-1 ގެ ސަބަބުން ކަމަށެވެ.
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ
އަންނަ އަހަރު ކެންސަރަށް ފަރުވާ ހޯދިދާނެ ކަމަށް ބުނެފި
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟
ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ
ހަކުރުބަލީގެ އަންހެނުންނަށް ކެންސަރުގެ ނުރައްކާ މާ ބޮޑު
ލޭގެ ޓެސްޓަކުން ކެންސަރު ދެނެގަނެވިދާނެ ކަމުގެ އުއްމީދު
ކެންސަރު ގިނަވަނީ ފަލަބައްޔާއި ހަކުރުބަލި އިތުރުވާތީ
ކެންސަރު ޖެހުމުގެ މާކުރިން އެކަން އެނގޭނެ ޓެސްޓެއް
ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް