23 ޖުލައި 2018
ހަކުރު ބަލި ހުންނަ ފިރިހެނުންނަށް ވުރެ، އެ ބަލީގެ ޝިކާރައަކަށްވެފައިވާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ހަކުރު ބަލި ހުންނަ ފިރިހެނުންނަށް ވުރެ، އެ ބަލީގެ ޝިކާރައަކަށްވެފައިވާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޖޯޖް އިންސްޓިޓިއުޓް ފޮ ގްލޯބަލް ހެލްތުން ހެދި ދިރާސާގައި ބުނި ގޮތުގައި ޓައިޕް 1 އާއި ޓައިޕް 2 ޑައެބެޓީސް ހުންނަ އަންހެނުންނަށް ލޫކީމިއާ އާއި ހަށިގަނޑުގެ އެކި ގުނަންތަކަށް ޖެހޭ ކެންސަރުގެ ބިރު ބޮޑެވެ. އޭގެ ތެރޭގައި އަނގަ އާއި ބަނޑާއި ކިޑްނީ އަށް ޖެހޭ ކެންސަރު ހިމެނެ އެވެ.
އެކަމަކު އެފަދަ އަންހެނުންނަށް ފުރަމޭގެ ކެންސަރުގެ ބިރު ކުޑަ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ޑައިބެޓޮލިޖިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ހަކުރު ހުންނަ ފިރިހެނުންނަށް ވުރެ، އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށް ދިރާސާގައި ދެއްކި ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދިވެސް އިތުރަށް ދިރާސާކުރަންޖެހެ އެވެ.
އެގޮތުން މީގައި ދެ ޖިންސްގެ މީހުންނަށް އަސަރުކުރާ މިންވަރު ތަފާތުވާ ސަބަބުތައް އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ދިރާސާ ޓީމްގައި ހިމެނޭ ޑރ. ތޮޝިއާކީ އޮހްކޫމާ ވިދާޅުވި ގޮތުގައި ދެ ޖިންސްގެ މީހުންގެ މެދުގައި ހުރި ފަގަރުތަކަށް ބަލާ އިރު، ހަކުރު ހުންނަ ފިރިހެނުންނަށް ކެންސަރުގެ ބިރު އޮތީ 19 ޕަސަންޓަށެވެ. އެކަމަކު އެފަދަ އަންހެނުން އެ ބަލި ޖެހުމުގެ ފުރުސަތު 27 ޕަސަންޓަށް އޮތް ކަމަށް ވިދާޅުވި އެވެ.
"މީގައި ވަރަށް މުހިއްމު އެބަވޭ ކޮން ފެކްޓާތަކެއް މެދުވެރިވެގެންތޯ ދެ ޖިންސްގެ މެދުގައި މިހާ ބޮޑު ފަރަގެއް އޮތީ. އެހެންވެ އިތުރު ދިރާސާތަކެއް އެބަ ބޭނުންވޭ،" ތޮޝިއާކީ ވިދާޅުވި އެވެ.
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ
ރޯގާގެ ވައިރަހަކުން ބްލެޑާ ކެންސަރު ސެލް މަރުވޭ
ފޮނި ބުއިންތަކުން ހިތުގެ ބައްޔަށް ހުށަހެޅޭ
އަންނަ އަހަރު ކެންސަރަށް ފަރުވާ ހޯދިދާނެ ކަމަށް ބުނެފި
މެމޮގްރަފީ ހަދާނެތޯ ނިންމާއިރު ބަލިމީހާ އެދޭގޮތް ބަލަނީ
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކީއްވެ؟
އިސްކޮޅުން ދިގުވުމާ ކެންސަރާ ގުޅުން ހުރެދާނެ