Roadha Mihaaru
ރުއްތައް ނެގީ އީޕީއޭއިން ހުއްދަ ދީގެން: ކައުންސިލް

ހިންމަފުށިން ރުއްތައް ނެގީ އީޕީއޭއިން ހުއްދަ ދީގެން: ކައުންސިލް

29 ޖެނުއަރީ 2019

ކ. ހިންމަފުށިން އިއްޔެ 50 އަށް ވުރެ ގިނަ ރުއް ނެގީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ހިންމަފުށިން އިއްޔެ 50 އަށް ވުރެ ގިނަ ރުއް ނެގީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދީގެން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ އެ ރަށުން ރުއްތައް ނެގީ ބޯޓުޔާޑެއް ހަދަން ދޫކުރި ބިމުން ކަމަށެވެ. އެ މަސައްކަތް ކުރާ ފަރާތުން ރުއްތައް ނެގީ، އީޕީއޭގެ ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީޕީއޭ އިން ބެލުމަށް ފަހު އެ މީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނުމުން ކައުންސިލުން އެންގީ ރުއްތައް ނެގުމުގައި އިއުތިރާޒެއް ނެތް ކަމަށް،" ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނެގި ރުއްތަކުގެ ބަދަލުގައި އެ ރަށުގައި މިހާރު ވަނީ ރުއްތައް އިންދައިފަ އެވެ. އިތުރަށް ވެސް ރުއް އިންދާނެ ކަމުގެ ޔަގީންކަން ބޯޑުޔާޑު އަޅާ ފަރާތުން ދީފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހިންމަފުށިން ނެގި ރުއްތަކުގައި އެވްރެޖް ދިގުމިނަކީ 10-12 ފޫޓު ކަމަށް ކައުންސިލުން ބުންޏެވެ.

ހިންމަފުށިން ރުއްތައް ނެގީ ރަށްރަށުން ގަވާއިދާ ހިލާފަށް ރުކާއި ގަސް ނެގުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.