28 ޖެނުއަރީ 2019
އެއްވެސް ޕާޓީއަކާ ނުވަތަ ފަރުދަކާ ދޭތެރޭގައި ވެސް ގާނޫނުން ބޭރުން އަމަލުކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެއްވެސް ޕާޓީއަކާ ނުވަތަ ފަރުދަކާ ދޭތެރޭގައި ވެސް ގާނޫނުން ބޭރުން އަމަލުކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ އާ ލޯގޯ އާއި ކުލަ ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް އާއި އެ ޕާޓީއާ ގުޅިގެން އުފައްދާ ޕީއެންސީއާ މެދު ޒާތީ ގޮތެއް ގެންގުޅޭ ކަމަށް ދައްކާ ވާހަކަޔަކީ ހަގީގަތާ ހިލާފު ވާހަަކައެއް ކަމަށެވެ.
"ޕާޓީއަކާ ދޭތެރޭގައި ވެސް އަދި އެއްވެސް ފަރުދަކާ ދޭތެރޭގައި ވެސް އަޅުގަނޑުމެން ގާނޫނުން ބޭރުން އަމިއްލަ ގޮތްތަކެއް އަޅުގަނޑުމެން ގެންގުޅެފައެއް ނޯންނާނެ. އަދި ނުވެސް ގެންގުޅޭނަން. އަޅުގަނޑުމެން ކޮމިޝަންގެ އެފަދަ ވިސްނުމެއް ނުވެސް ނެތް. އެހެންވީމާ ޕީޕީއެމްއާ ދޭތެރޭގައި އަޅުގަނޑުމެން އިލެކްޝަންސް ކަމިޝަނުން ޒާތީ ގޮތެއް ގެންގުޅޭ ކަމަށް ނުވަތަ ޕީޕީއެމްއާ ގުޅިފައި ހުރި ޕާޓީއެއް އުފެދެމުން ދާއިރު އެ ޕާޓީއާ ދޭތެރޭގައި ޒާތީ ގޮތެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކައެއް،" ޝަރީފް ވިދާޅުވި އެވެެ.
އެކަމުގައި ކަންތައް ކޮށްފައި ވާނީ ގާނޫނާ އެއްގޮތަކަށް ކަަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. ޕީޕީއެމާއި ޕީއެންސީއާ މެދު ޒާތީވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އީސީ ޖަވާބުދާރީ ކުރުވަން އުޅުނު އުޅުމަށް ވެސް ޝަރީފު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އީސީ ޖަވާބުދާރީ ކުރެވޭނީ ވެސް އެގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދަންނަވަން ތަނެއްގައި ދޮރެއް ކައިރީ ހުރެގެން ވާހަކަ ދެއްކިޔަކަސް އަދި އިލެކްޝަންސް ކޮމިޝަނަކުން ޖަވާބުދާރީއެއް ނުވާނެ ކަމަށް. އަޅުގަނޑުމެން ޖަވާބުދާރީ ވާނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީ އުފައްދުމުގެ ޖަލްސާ ބާއްވަން އީސީން ހުއްދަ ދިނީ މަޖިލީހުން ކޮމިޝަން ޖަވާބުދާރީ ކުރުވާނެ ކަމަށް އެޕާޓީގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވި ފަހުންނެވެ. އެޕާޓީ އުފެއްދުމުހެ ޖަލްސާ ރޭ ވަނީ ބާއްވައިފަ އެވެ. ނަމަވެސް އެ ޕާޓީ އުފައްދަން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނާ މައްސަލަ އީސީން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.
އެ މައްސަލަ ބަލަން އީސީން މިއަދު ވަނީ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ނިންމަން މާދަމާއިން ފެށިގެން ދެ ދުވަހުގެ މުހުލަތު އެ ކޮމިޓީއަށް ދީފަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް
މިފަހަރު އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ބޭނުމީ އީސީގެ ރައީސްކަމަށް ފުއާދު ގެންނަން: އިދިކޮޅު
އީސީން އަންގާ ކަންކަން ކުރާ އިސްލާހާ ޕާޓީތަކުން ދެކޮޅު
ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާ
އެއްވުން ބާއްވަން ވާނީ އެޗްޕީއޭއިން އަންގާ ގޮތަށް
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ