Roadha Mihaaru
އިމާރާތްކުރުމުގެ ގަވާއިދުތަކަށް އާންމުންގެ ޚިޔާލު ހޯދަނީ

އިމާރާތް ކުރުމުގެ ގަވާއިދުތަކަށް އާންމުންގެ ޚިޔާލު ހޯދަނީ

28 ޖެނުއަރީ 2019

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާ މެދު އާންމުންގެ ޚިޔާލު ހޯދަން މިނިސްޓްރީން އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާ މެދު އާންމުންގެ ޚިޔާލު ހޯދަން މިނިސްޓްރީން އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ޑްރާފްޓާ މެދު ޚިޔާލު ހުށަހެޅުމާއި އެކަމާ ބެހޭ މަސައްކަތު ބައްދަލުވުމެއް އާންމުކޮށް ހުޅުވާލައިގެން އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް ފޮނުވުމަށް އެ އިއުލާނުގައިވެ އެވެ.

އިމާރާތް ކުރުމުގެ ގާނޫނުގެ ހަދަންޖެހޭ ގަވާއިދުތައް ނަހަދާ އޮތުމުން އޭގެ ތެެރެއިން 13 ގަވާއިދެއް ހެދުމަށް މިމަހު ސިވިލް ކޯޓުން އޮތީ ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އޭގެ ތެރެއިން ސަލާމަތީ މިންގަނޑުތަކާ ބެހޭ މި މަސް ނިމުމުގެ ކުރިން ހަދަން ޖެހޭއިރު، ދެން ހުރި ގަވާއިދުތައް ނިންމުމަށް އެކި މުއްދަތުތައް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހު މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.