Roadha Mihaaru
ޓްރެފިކަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

ޓްރެފިކަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

27 ޖެނުއަރީ 2019

ޓްރެފިކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވަން ބޮޑު ކެމްޕެއިނެއް ފަށަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރެފިކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވަން ބޮޑު ކެމްޕެއިނެއް ފަށަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓްރެފިކްގެ ގަވާއިދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އަންނަ ބުރާސްފަތި ދުވަހު "މީތި ސަޅި" ނަމުގައި ކެމްޕެއިން ފަށާނެ ކަމަށެވެ. އަދި އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބޮޑު ކެމްޕެއިނެއް ސަރުކާރުން ފަށަނީ، އެކްސިޑެންޓުތައް ގިނަވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު އާއްމުންނަށް ސިނަމާލެ ބްރިޖު ހުޅުވާލިފަހުން، އެކްސިޑެންޓުތައް ގިނަވެފައިވެ އެވެ.

ސަރުކާރުން ވަނީ މާޗް 10 ވަނަ ދުވަހުގެ ފަހުން ބްރިޖުމަތީ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އޭގެ ކުރިން 5000 ހެލްމެޓު ބަހަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.