Roadha Mihaaru
ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި

22 ޖެނުއަރީ 2019

ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ، ހެލްމެޓް ގަނެދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށެވެ.

ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރިން ބުނިގޮތުގައި، ޓްރެފިކަށް އާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނާ އެކު ހެލްމެޓް ބަހަން ފަށާނީ އަންނަ މަހު އެވެ.

ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު، އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އެއީ، ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ބޮލަށް އަނިޔާވެ ފުރާނަ އަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވި އެވެ.

މި ފަހުން ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާއިރު އޭގެ ތެރެއިން ބައެއް ހާދިސާތަކުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނަ އަށް ނުރައްކާވެފައި ވެ އެވެ.