26 ޖެނުއަރީ 2019
ލަންޑަން (ޖެނުއަރީ 26) - އާސެނަލް އަތުން 3-1 އިން މޮޅުވެ އިނގިރޭސި އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައި، އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ލަންޑަން (ޖެނުއަރީ 26) - އާސެނަލް އަތުން 3-1 އިން މޮޅުވެ އިނގިރޭސި އެފްއޭ ކަޕުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައި، އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑުގެ ކޯޗުކަން ސޯލްޝެއާއާ ހަވާލުކުރި ފަހުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިއީ 2017 ވަނަ އަހަރުގެ ޖެނުއަރީ އަށް ފަހު ޖެހިޖެހިގެން އަށް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
"މިއީ މުޅިން އަހަރެންގެ މަސައްކަތެއް ނޫން. މީގެ ކްރެޑިޓް މި ޓީމުގެ ހުރިހާ އެންމެނަށް ހައްގު. އަހަރެން ހަމައެކަނި މި މަސައްކަތްކުރަނީ ކްލަބްގެ ފައިދާ އަށް. އަހަރެންގެ ވަކި ކަމެއް ސާބިތުކޮށްދޭކަށް ނޫން،" ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ދިޔައީ ޔުނައިޓެޑް ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެކަމަކު ޕިއޭ އެމެރިކް އޮބާމަޔަން އާއި އަލެކްސަންޑަ ލަކަޒޭޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
އާސެނަަލަށް މައްސަލަ ދިމާވާން ފެށީ މެޗުގެ 21 ވަނަ މިނިޓް ފަހުން އެ ޓީމަށް ކުޅޭ ގްރީސްގެ ޑިފެންޑަރު ސޮކްރާޓިސް ޕަޕަސްތޮޕަލަސްގެ ކުޑަހުޅަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އޭގެ 10 މިނިޓް ފަހުން މެޗުގެ 31 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ މީގެ އަހަރެއް ކުރިން އާސެނަލްގެ ކުރީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖެހީ ޖެސޭ ލިންގާޑެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރޭގެ މެޗުގައި އަރިމަތިން ކުޅުނު ރޮމެލޫ ލުކާކޫ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް އުއްމީދެއް ލިބުނީ އޮބާމަޔަން ލަނޑެއް ކާމިޔާބު ކޮށްދިނުމުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިތާ މިނިޓެއްގެ ތެރޭގައި ނަތީޖާ ހަމަހަމަ ކުރަން އާސެނަލްގެ އާރޮން ރަމްސޭ އަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި އާޖެންޓީނާގެ ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ.
އާސެނަލަށް މި ހާފުގައި ވެސް މައްސަލަ ދިމާވާން ފެށީ އަނިޔާގެ ސަބަބުން ފަހަތަށް ކުޅެމުން އައި އެ ޓީމުގެ ކެޕްޓަން ލޯރަންޓް ކޮޝިއެލްނީ ބަދަލުކުރަން ޖެހުމުންނެވެ. އޭގެ ފަހުން ޔުނައިޓެޑްގެ އެޓޭކުތަކުގައި އާސެނަލްގެ ފަހަތަށް ދިޔައީ ބާރުބޮޑުވަމުންނެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް އެންތަނީ މާޝިއަލް އެވެ.
މިދިޔަ ހަފްތާގައި ވާދަވެރި ޗެލްސީ އަތުން އާސެނަލް ވަނީ އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. އެ ފަދަ ފޯމެއްގައި އޮއްވައި ޔުނައިޓެޑް އަތުން ބަލިވުމުން މާޔޫސްކަމެއް އަންނާނެ ކަމަށް ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ ބުނެފަ އެވެ.
"ޗެލްސީ މެޗުގައި ތަފާތަކީ އަވަހަށް އަހަރެމެންނަށް ގޯލެއް ޖެހިއްޖެ. މި މެޗުގައި އެކަމެއް ނުވި. މި މެޗުގައި އަހަރެމެންނަށް ވަރަށް ގޯސްކޮށް ހުރިހާ ކަމެއް މިދިޔައީ. ނަތީޖާ ވެސް އޮތީ ދެކޮޅަށް. އަނެއްކާ ދެ ޑިފެންޑަރުންނަށް އަނިޔާވެ އިތުރަށް ހާލަތު ގޯސްވެއްޖެ،" ކުރިން ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އާސެނަލާއި ޔުނައިޓެޑް ހަތަރު ވަނަ ބުރަށް
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް އަނެއް ބުރަށް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލޯނު އުސޫލުން ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލަށް
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
މެރަތަންއަށްވުރެ ޔުނައިޓެޑްގެ މެޗު ރެޓްކްލިފަށް ޕްރެޝަރު
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ