Roadha Mihaaru
ބްރައިޓްވޭ ސްކޫލުގައި އޭ ލެވެލް ކިޔަވަން ހުޅުވާލައިފި

ބްރައިޓްވޭ ސްކޫލުގައި އޭ ލެވެލް ކިޔަވަން ހުޅުވާލައިފި

23 ޖެނުއަރީ 2019

ހުޅުމާލޭގައި މި އަހަރު އަލަށް ފެށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި މި އަހަރު އަލަށް ފެށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު މިއަދު ވިދާޅުވީ ކެމްބްރިޖް އިންޓަނޭޝަނަލްގެ އޭ ލެވެލްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފުތާގެ ހުކުރު ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޭ ލެވެލަށް އަލަށް ކިޔަވައިދޭން ފަށާތީ، ފުރަތަމަ ހާއްސަކޮށްފައިވަނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ސައިންސް ސްޓްރީމް އެކަންޏެެވެ.

މޫސަ ވިދާޅުވީ އޭ ލެވެލްގެ ފުރަތަމަ ބެޗަށް 25 ޖާގަ ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ދަރިވަރުން އޭ ލެވެލް ފުރިހަމަކުރާނީ ސްކޮލަޝިޕުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އޭ ލެވެލްގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ސްކޮލަޝިޕް ހުޅުވާލާފައިވަނީ. މިއީ އަލަށް ފަށާ ކަމަކަށްވާތީ ހަމައެކަނި ސައިންސަށް ކިޔަވައިދޭން ފެށިކަމުގައި ވިއަސް އިތުރު ސްޓްރީމްތަކުގައި އަވަހަށް ކިޔަވައިދޭން ފަށާނަން،" މޫސަ ވިދާޅުވި އެވެ.

ބްރައިޓްވޭގެ އޭ ލެވަލް އަށް ވަދެވޭނީ، އޯލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ.