Roadha Mihaaru
ޒިޔާދާގެ ފިރިމީހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފި

ޒިޔާދާގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް ތިން ދައުވާއެއް ކޮށް، ކޯޓަށް ފޮނުވައިފި

22 އޯގަސްޓް 2016

ޖިންސީ އަނިޔާތަކުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ނިޔާވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ތިން ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިންސީ އަނިޔާތަކުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ނިޔާވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ތިން ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ގދ. ތިނަދު އަށް ނިސްބަތްވާ ޒިޔާދާ އަށް ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލައިގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ޝާހު ހައްޔަރުކޮށްފައި ވިޔަސް ޝާހުގެ އާއިލާއިން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޝާހު ހުރީ ބަންދުގަ އެވެ.

އެ މައްސަލާގައި ޝާހުގެ މައްޗަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިމަހުގެ އަށް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެކަމަކު ކުރި ދައުވާތަކުގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

ޒިޔާދާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ޒިޔާދާއަށް އަނިޔާކުރީ ޝާހު ކަމަށް ޑޮކްޓަރުން ގާތު ޒިޔާދާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.