24 މާޗް 2019
މީގެ ތިން އަހަރު ކުރިން ގދ. ތިނަދޫގައި މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެއް މައްސަލަ އެވެ. ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވުމާ އެކު، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު އަޑުތައް އޭރު އަނެއްކާ ވެސް ގަދަވެގެންދިޔަ އެވެ.
މީގެ ތިން އަހަރު ކުރިން ގދ. ތިނަދޫގައި މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެއް މައްސަލަ އެވެ. ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވުމާ އެކު، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު އަޑުތައް އޭރު އަނެއްކާ ވެސް ގަދަވެގެންދިޔަ އެވެ.
ޒިޔާދާގެ މަރުގެ މައްސަލައިގައި ދައުލަތުން އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ. މައްސަލައިގެ ބާވަތުން އެ މައްސަލަ ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި ސިއްރުކޮށްގެން ކަމަށްވާތީ ހުކުމުގެ އިތުރު ތަފްސީލުތަކެއް ނުލިބެ އެވެ. އެހެންވެ، މި މައްސަލައިގައި ދައުލަތުން ދެއްކީ ކޮން ވާހަކައެއް، އަދި ހުށަހެޅީ ކޮންކޮން ހެއްކެއް ކަމެއް ނޭނގެ އެވެ. މައްސަލަ ސާބިތު ނުވީ ކީއްވެގެން ކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު، ތިން އަހަރެއްހާ ދުވަސް ވަންދެން ހިންގި ޝަރީއަތަށް ފަހު ކުރި ހުކުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އެކަމަށް އަމާޒު ވެގެންދިޔަ އެވެ.
އެކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ސާބިތުނުވީ ކޮން ސަބަބުތަކާ ހެދި ކަން ސާފުވާން ބޭނުންވާ ކަމަށެވެ. ތަހުގީގުގައި ނުވަތަ ދައުވާ ކުރުމުގައި މައްސަލަތަކެއް ހުރީތޯ ދިޔާނާ ސުވާލު އުފެއްދެވި އެވެ. އަދި އެ މައްސަލަ ހިނގަމުންދިޔައިރު ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ މޮނީޓާ ކުރިތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"ދައުލަތުން މީގައި ޖަވާބުދާރީވާން އެބަޖެހޭ،" ދިޔާނާގެ ޓްވީޓްގައިވެ އެވެ.
ޒިޔާދާގެ ފިރިމީހާ ޝާހު: ކުށް ސާބިތެއް ނުވި
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ޓްވީޓްގައި ވަނީ ޒިޔާދާ އާއި އަނިޔާ ލިބިފައިވާ އެހެން ބައެއް މީހުންނަށް ވެސް ރާއްޖޭގައި އިންސާފު ނުލިބޭ ކަމަށެވެ. އެފަދަ ވާހަކަތައް އަބަދުމެ، އިވެމުންދާ ކަމަށް ވިދާޅުވެ، ދުންޔާ ވިދާޅުވެފައި ވަނީ ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމް އިސްލާހުކޮށް، އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ޖެހޭ ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ކުރެއްވި ޓްވީޓެއްގައި ވަނީ އަނިޔާވެރި މަރަކަށް އިންސާފު ހޯދައި ދިނުމުގައި އަނެއްކާ ވެސް ރާއްޖޭގެ އަދުލުގެ ނިޒާމު ފެއިލް ވެގެން ދިޔައީ ކަމަށެވެ. އަނިޔާވެރި އަމަލުތަކާއި މަރުތަކުގައި އަނިޔާ ލިބިގެންދާ ފަރާތްތަކަށް އިންސާފު ހޯދައި ނުދެވޭ ނަމަ، ގާނޫނުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޝަރުއީ ނިޒާމުގެ ބޭނުމަކީ ކޮބައިތޯ އޭނާގެ ޓްވީޓްގައި ސުވާލު އުފައްދާފައިވެ އެވެ.
Ziyadha's death was a result of the abuse and rape by a man who now walks free.
— Sara Naseem ? (@sara_naseem) March 23, 2019
Kobaahey justice? #JusticeForZiyadha pic.twitter.com/0gavOAoIA5
އެހެން މީހަކު ކުރި ޓްވީޓެއްގައި ވަނީ މެޑިކަލް ރިޕޯޓާއި ފޮރެންސިކް ރިޕޯޓުން ޒިޔާދާ އަށް ލިބުނު އަނިޔާތައް އެނގެން އެބައޮތް ކަމަށާއި ޒިޔާދާގެ ދަރިންގެ ހައްގުގައި ވެސް އެކަމުގައި ތެދުވާން ޖެހޭ ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔައީ ސިއްރު ކޮށްގެން ކަމަށްވާއިރު، އެކަމުގެ މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރުން މުހިންމު ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
"އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް. އެހެންވީމަ އިސްތިއުނާފް މައްސަލަ އަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް އެ މައުލޫމާތު ހާމަ ކުރެވިދާނެ،" އައިޝަތު ރިޒްނާގެ ޓްވީޓްގައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަތު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޒިޔާދާ ވަނީ މަރާލާފައި" ކަމަށެވެ.
“Once again, he drags my body to the floor, He chokes me & I beg him not to kill me! Once again, he demands my silence, Once again, he tells me I don’t deserve to live”
— Dunya Maumoon (@dunyamaumoon) March 22, 2019
Ziyada & many other victims who do not get justice under the Maldivian justice system! #JusticeForZiyadha pic.twitter.com/xZXz83NwOS
"އެކަމުގައި ތުހުމަތު ކުރެވޭ މީހާ ވަނީ ސަލާމަތްވެފައި. އެ ވާހަކަތައް ކިޔައިދޭކަށް މިއަދު ޒިޔާދާއެއް ނެތް. އެހެންވީމަ އަހަރުމެން އެ ވާހަކަ އެބަ ދައްކަން ޖެހޭ،" އޭނާ ވިދާޅުވެފައި ވެ އެވެ. "ގެވެށި އަނިޔާއިން ސަލާމަތްވާ މީހުން ކުޑައިމީސް ކުރުމާއި ކުށްވެރިކުރުން ހުއްޓާލައި އެކަންކަން ރަނގަޅު ކުރަން ޖެހޭ. ހަމައެކަނި މިކަމާ ގުޅޭ ގާނޫނުތައް ހެދުމުގެ ބަދަލުގައި އެކަންކަން ތަންފީޒު ކުރޭތޯ ވެސް ބަލަން އެބަ ޖެހޭ."
ޒިޔާދާ މަރުވި ފަހުން، 2016 ވަނަ އަހަރު ފުލުހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނި ގޮތުގައި ޝާހު ވަނީ ޒިޔާދާ އަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފަ އެވެ. ޒިޔާދާ ބެލި ޑޮކްޓަރުން ކައިރީގައި އޭނާ އެހެން ބުނެފައިވާ ކަމަށާއި ފިރިމީހާގެ ފަރާތުން އެ އަނިޔާތައް ލިބުނީ ދެމަފިރިން ވަކިން ދިރިއުޅެމުން ދަނިކޮށް ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ.
So in Ziyadha’s case, the doctors’ testimony wasn’t admissible in court @policeMV? The fact that Ziyadha had told her doctors that the injuries had been inflicted upon her by her husband was just discarded? Farcical justice system of Maldives. https://t.co/rXoFRSh6lr
— sighpad.m™️?❓ (@sighpad) March 23, 2019
ލިބުނު އަނިޔާތަކަށް ޒިޔާދާ އެންމެ ފުރަތަމަ ފަރުވާ ހޯދީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. އޭގެ ފަހުން ހާލު ސީރިއަސް ވެގެން އޭނާ މާލޭ ގެނައީ އެވެ. ޒިޔާދާ އަށް ލިބިފައިވާ އަނިޔާތަކާ މެދު ޝައްކު ކުރެވިގެން އެކަން ފުލުހުންނަށް ވެސް އެންގީ ހޮސްޕިޓަލުންނެވެ.
ޒިޔާދާގެ މަރާ މެދު އުފެދުނު ޝައްކުތަކާ ގުޅިގެން އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓުން ދައްކާގޮތުގައި ޒިޔާދާގެ އެކި ގުނަވަންތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން އޭނާގެ ދެ އަތުގެ މުލައްދަނޑީގައި ލޭގަނޑުވެފައި ހުރި އިރު، ބޮލުގެ އަރިމަތިން ފުއްކިބައިގައި އަނިޔާ ލިބިފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ލޭ އެޅިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެ އެވެ.
'She can't speak out so we need to.'
— Dhiyana ?? (@dhiyanasaid) March 22, 2019
I'd like to know where the State failed. Was it an incomplete investigation? Was it a weakness in prosecution? Was it the courts? Did @hrcmv monitor the case?
The State must speak up @PGO_MV @agofficemv @hrcmv #JusticeForZiyadha pic.twitter.com/p2xToCeRWw
ޒިޔާދާގެ މައްސަލައިގައި ޝާހުގެ މައްޗަށް ކުރި ތުހުމަތުތައް އޭނާގެ އާއިލާއިން ކުރިން ވެސް ދޮގު ކުރި އެވެ. އެ މައްސަލައިގައި ޝާހު ހައްޔަރު ކުރުމުން އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ޒިޔާދާއަކީ ކުރިއްސުރެ އެތެރެހަށީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އަދި އޭނާ މަރުވީ ނިއުމޯނިޔާ ޖެހިގެން ކަމަށް ވެސް އާއިލާއިން ކުރިން ބުނެފައި ވެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެކަމަކު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
"ޒިޔާދާގެ މައްސަލާގައި ހެކިތަކަށް ރިއާޔަތެއް ނުކުރޭ"
ޒިޔާދާގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި
ޒިޔާދާގެ ފިރިމީހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފި
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
ކުޑަކުދިންތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް
އީސަގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ޒިޔާދާގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ