Roadha Mihaaru
ކޯޓާނާ ދެކެ ވާދަވެރިން ޖެހިލުމެއްނުވޭ

ކޯޓާނާ ދެކެ އެލެކްސާ އާއި ގޫގުލް އެސިސްޓެންޓް ޖެހިލުމެއް ނުވޭ

20 ޖެނުއަރީ 2019

އެމެޒޯން އެލެކްސާ އަދި ގޫގުލް އެސިސްޓެންޓަށް ވުރެ ކުޅަދާނަ ޑިޖިޓަލް "ވާޗުއަލް އެސިސްޓެންޓް"އެއް ނެތެވެ. އެޕަލް އަށް ސިރީ ހޯދައިދިން ކާމިޔާބު ވެސް ވަނީ ވާދަވެރިންނާ ޖެހި، ފަނޑުވެ ގޮސްފަ އެވެ. މައިކްރޮސޮފްޓް އުޅެނީ އަދި ވަކިން ފަހަތުގަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެޒޯން އެލެކްސާ އަދި ގޫގުލް އެސިސްޓެންޓަށް ވުރެ ކުޅަދާނަ ޑިޖިޓަލް "ވާޗުއަލް އެސިސްޓެންޓް"އެއް ނެތެވެ. އެޕަލް އަށް ސިރީ ހޯދައިދިން ކާމިޔާބު ވެސް ވަނީ ވާދަވެރިންނާ ޖެހި، ފަނޑުވެ ގޮސްފަ އެވެ. މައިކްރޮސޮފްޓް އުޅެނީ އަދި ވަކިން ފަހަތުގަ އެވެ.

މައިކްރޮސޮފްޓް ދެކޭ ގޮތުގައި މަސްރަހުގައި ވާދަކުރެވޭ ވަރަށް ވުރެ ކޯޓާނާ ބަލިކައްޓެވެ. އޭގެ ޒާތުގައި ކޯޓާނާ ބަލިކަށިވެފައި ވަނީ، ކޯޓާނާ ބޭނުންހިފޭނެ ގޮތްތަކެއް، މައިކްރޮސޮފްޓަށް ހޯދިފައި ނެތުމުންނެވެ. ކޯޓާނާ ހިންގާނެ ހާޑްވެއާ ނެތުމުންނެވެ.

އެމެޒޯން އަދި ގޫގުލް އަށް އެ މީހުންގެ ވާޗުއަލް އެސިސްޓެންޓް ތަރައްގީކުރުމުގައި ހާޑްވެއާގެ ރޯލު ބޮޑެވެ. އެމެޒޯން އަށް ސްމާޓް ސްޕީކަރުތަކުން މާކެޓް ފަތަހަކުރެވިފައި އޮތްއިރު، ގޫގުލް އަށް މަގު ދައްކާފައި ވަނީ އެންޑްރޮއިޑް ޑިވައިސްތަކެވެ. މައިކްރޮސޮފްޓް ޑިޖިޓަލް އެސިސްޓެންޓް، ކޯޓާނާ އަށް މި ފަދަ ވަސީލަތެއް ނެތެވެ.

ވާޗުއަލް އެސިސްޓެންޓެއްގެ ގޮތުގައި ކޯޓާނާ ތަރައްގީކުރުމުގައި މައިކްރޮސޮފްޓް މިހާރު ވިސްނަނީ އެހެން ކުންފުނިތަކުގެ އެހީ އަށް އެދޭށެވެ. އެގޮތުގައި، އެމެޒޯން އަދި ގޫގުލް ހާޑްވެއާ ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އިޚުތިޔާރުކުރަން ކޯޓާނާ ދޫކޮށްލުމަކީ މައިކްރޮސޮފްޓްގެ ވިސްނުމެވެ. އެހެންކަމުން ދެން ކޯޓާނާ އާންމުންނަށް ފެންނާނީ އެޕްލިކޭޝަނެއް ގޮތުގަ އެވެ.

މައިކްރޮސޮފްޓްގެ ވިސްނުން ބަދަލުކޮށް، ވައިކްރޮސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް ކޯޓާނާ ބޭނުންހިފޭނެ ގޮތް ހެދުމާ މެދު ވެސް އެ މީހުން ވިސްނަ އެވެ. މި ބަދަލުތަކާ އެކު، ސްމާޓް ސްޕީކަރު އުފައްދަން މައިކްރޮޮސޮފްޓުން ވިސްނި ވިސްނުން ދޫކޮށްލައި، ބާރުގަދަ އެޕްލިކޭޝަނަކަށް ކޯޓާނާ ހަދާނެ އެވެ.