Roadha Mihaaru
ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށުގައި

ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށުގައި، އިނގިލި ޖައްސަން ވަކި ތަނެއް މުހިންމެއް ނޫން

18 ޖެނުއަރީ 2019

ޝޯމީ އަކީ މާކެޓް ގުޑުވާލަން ދަންނަ ކުންފުންޏެއް ކަމަށް ބުނެވެ އެވެ. ޝޯމީގެ ފޯނުތައް މާކެޓްކުރުމަށް އެ މީހުން ގެންގުޅޭ އުކުޅުތަކުގެ ސަބަބުން، ސްމާޓްފޯން މާކެޓުން ޖާގަ ކަށަވަރުކޮށްގެން ތިބި ކުންފުނިތައް ވެސް ޖެހިލުން ވާ ކަމަށް ވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޝޯމީ އަކީ މާކެޓް ގުޑުވާލަން ދަންނަ ކުންފުންޏެއް ކަމަށް ބުނެވެ އެވެ. ޝޯމީގެ ފޯނުތައް މާކެޓްކުރުމަށް އެ މީހުން ގެންގުޅޭ އުކުޅުތަކުގެ ސަބަބުން، ސްމާޓްފޯން މާކެޓުން ޖާގަ ކަށަވަރުކޮށްގެން ތިބި ކުންފުނިތައް ވެސް ޖެހިލުން ވާ ކަމަށް ވެ އެވެ.

ޝޯމީ ދެކެ ބިރުގަންނަ ސަބަބުތަކުގެ ތެރޭގައި، ޖެހިލުމެއް ނެތި ފޯނުތަކުގެ އަގުތަށް ކޮށާލުން ހިމެނެ އެވެ. ސްމާޓްފޯން މާކެޓަށް ތައާރުފުކުރާ އަގު ބޮޑު ޓެކްނޮލޮޖީތައް، އެ މީހުންގެ އެންމެ އާދައިގެ ފޯނުތަކުގައި ގާއިމުކުރުމަކީ ވެސް ވާދަވެރިންނަށް އުނދަގޫވާނެ ކަމެކެވެ.

ސްމާޓްފޯނުތަކަށް މި ޖީލު ގެނެސްދިން އެންމެ ބާރުގަދަ ނިޒާމަކީ "ފިންގާޕްރިންޓް ސްކޭނިން" އެވެ. އިންސާނެއްގެ އިނގިލި ކިރިޔާ ޖައްސާލެވޭ ވަރުގެ ސްކޭނާތަކުން ފެށިގެން، އަތްތިލަ ބޭއްވޭ ވަރުގެ ސްކޭނާތައް ވެސް މިހާރު ވަނީ ތައާރުފުކޮށްފަ އެވެ. ނަމަވެސް، ޑިސްޕްލޭ ދަށަށް ސްކޭނާތައް ގެނެވޭ ވަރު ވީ ދާދި މިދާކަށް ދުވަހު އެވެ.

ޑިސްޕްލޭ ދަށަށް ފިންގާޕްރިންޓް ސްކޭނާތައް ގެނައި ނަމަވެސް، އިނގިލި ޖައްސަންޖެހެނީ މިން އަޅައި، ވަކި ތަނެއްގަ އެވެ. ޝޯމީ ވަނީ މި އިމުން ވެސް ބޭރުވެ، ޑިސްޕްލޭގެ ކޮންމެ ތަނެއްގައި އިންގިލި ޖެއްސި ނަމަވެސް، ފޯނު ހުޅުވޭ ވަރުގެ ގާބިލުކަން އަތުލާފަ އެވެ.

އަންނަ ޖީލަށް ފައްކާކުރެވޭ ސްމާޓްފޯންތަކުގައި، ފިންގާޕްރިންޓް ސްކޭނާ ގޮތުގައި މުޅި ޑިސްޕްލޭ ބޭނުންކުރެވިދާނެކަން ޝޯމީ އެ ވަނީ ކަށަވަރުކޮށްފަ އެވެ. ސެމްސަންގް، އެޕަލް އަދި މޮޓޮރޯލާ ފަދަ ހަރު ކުންފުނިތަކަށް ދޫކުރުމެއް ނެތި އެވެ.