16 ޖެނުއަރީ 2019
މެކްސިކޯ ސިޓީ (ޖެނުއަރީ 16) - މެކްސިކޯގެ ކުރީގެ ރައީސް ޕީނާ ނިއެޓޯ އަށް ރިޝްވަތުގެ ގޮތުގައި 100 މިލިއަން ޑޮލަރު، ނުރައްކާތެރި ކުށްވެރިޔާ ޖޯގުއިން "އަލް ޗަޕޯ" ގުޒްމަން ދިން ކަމަށް ހެކިވެރިއަކު ކޯޓުގައި ބުނެފި އެވެ.
މެކްސިކޯ ސިޓީ (ޖެނުއަރީ 16) - މެކްސިކޯގެ ކުރީގެ ރައީސް ޕީނާ ނިއެޓޯ އަށް ރިޝްވަތުގެ ގޮތުގައި 100 މިލިއަން ޑޮލަރު، ނުރައްކާތެރި ކުށްވެރިޔާ ޖޯގުއިން "އަލް ޗަޕޯ" ގުޒްމަން ދިން ކަމަށް ހެކިވެރިއަކު ކޯޓުގައި ބުނެފި އެވެ.
ގުޒްމަންއާ އެކު އެތައް އަހަރަކު އުޅެފައިވާ އެލެކްސް ސިފުއެންޓްސް ނަމަކަށް ކިޔާ މީހާ ނިއު ޔޯކުގެ ކޯޓުގައި ބުނީ އެ ރިޝްވަތުގެ ވާހަކަ ކަމާ ބެހޭ ފަރާތްތަކުގައި އޭނާ 2016 ވަނަ އަހަރު ބުނެފައިވާ ކަމަށެވެ. ކޯޓުގައި ތިބި ރިޕޯޓަރުން ބުނެފައި ވަނީ ރިޝްވަތުގެ ގޮތުގައި 250 މިލިއަން ޑޮލަރު ހޯދުމަށް ޕީނާ ނިއެޓޯ އެދިވަޑައިގެންފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ޕީނާ ނިއެޓޯ ވަނީ 100 މިލިއަން ޑޮލަރަށް އެއްބަސްވެވަޑައިގެންފަ އެވެ. އެ ފައިސާ ނިއެޓޯއާ އޮކްޓޯބަރު 2012 ގައި ހަވާލުކޮށްފައި ވަނީ ގުޒްމަންގެ ރަހުމަތްތެރިއެއް މެދުވެރިކޮށް ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެ އެވެ.
ސިފުއެންޓްސް ވަނީ ގުޒްމަންގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާ ވަނީ ގުޒްމަންއާ އެކު ފިލައިގެން ދެ އަހަރު އުޅެފަ އެވެ.
އަލް ޗަޕޯގެ މައްސަލަ ކުރިއަށް ގެންދަނީ އެމެރިކާގައި. --ފޮޓޯ:ރޮއިޓާސް
މެކްސިކޯގެ ވެރިކަން ނީޓޯ ކުރެއްވީ 2012 އިން 2018 އަށެވެ. ރިޝްވަތުގެ ތުހުމަތާ ގުޅިގެން ޕީނާ ނިއެޓޯ ވަކި އެއްޗެއް އަދި ވިދާޅެއް ނުވެ އެވެ.
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ކަމަށްވާ ސިނަލޯ ކާޓެލް ހިންގަނީ ގުޒްމަން އެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެއީ އެމެރިކާ އަށް އެންމެ ގިނައިން ޑްރަގު ސަޕްލައި ކުރާ ގްރޫޕް ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ އެއީ ދުނިޔޭގެ އެންމެ ބޮޑު ޑްރަގު ނެޓްވޯކް ކަމަށެވެ.
މެކްސިކޯގެ ޖަލުން ދެ ފަހަރު ފިލާފައިވާ ގުޒްމަން، 61، ގެ ޝަރީއަތް ވަނީ އެމެރިކާގައި ނޮވެމްބަރު މަހު ފަށައިފަ އެވެ. ގުޒްމަންގެ ޝަރީއަތް ހިންގުމަށް މެކްސިކޯ އިން ވަނީ އެމެރިކާއާ ހަވާލުކޮށްފަ އެވެ.
ގުޒްމަންގެ ވަކީލް ޖެފްރީ ލިޗްމަން ކޯޓުގައި ބުނެފައި ވަނީ ސިނާލޯ ކާޓެލްގެ އަސްލު ލީޑަރަކީ އިސްމާއިލް "އެލް މަޔޯ" ޒަމްބާޑާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ ސަލާމަތްވެފައި ވަނީ މެކްސިކޯގެ މުޅި ސަރުކާރުގެ އިސްވެރިންނަށް ރިޝްވަތު ދީގެން ކަމަށް ވަކީލް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޕީނާ ނިއެޓޯ ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އެލް ޗަޕޯގެ އަންހެނުން ތިން އަހަރަށް ޖަލަށް
އަލްޗަޕޯގެ އަންހެނުން ހައްޔަރުކޮށްފި
ޑްރަގު ޑީލަރު އަލް ޗަޕޯގެ މައްޗަށް ކުށް ސާބިތުވެއްޖެ
ނޯތު އެމެރިކާގެ ފްރީ ޓްރޭޑް އެގްރީމެންޓް އާކޮށްފި
ނުރައްކާތެރި ކުށްވެރިޔާ އަލް ޗަޕޯގެ ޝަރީއަތް ފަށައިފި
ގުޒްމަންގެ ދަރި މެކްސިކޯ އިން ވަގަށް ނަގައިފި
އެލް ޗަޕޯ އެމެރިކާއަށް ފޮނުވާލުމަށް ފަނޑިޔާރުގެ ހުރަސް
މިސް ޔުނިވާސްގައި ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފި
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
މެކްސިކޯގައި ފުރަތަމަ ފަހަރަށް އަންހެން ރައީސެއް