16 ޖެނުއަރީ 2019
ޕީޕީއެމް ހިންގެވުމުން ކުރީގެ އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރަން ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވި އިރު ވެސް ގޮތެއް ނުނިމެ އެވެ. މި މައްސަލަ ކޯޓުގައި ދިގުލައިގެން ދިއުމަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޮޑު ކަންބޮޑުވުމެކެވެ.
ޕީޕީއެމް ހިންގެވުމުން ކުރީގެ އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރަން ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވި އިރު ވެސް ގޮތެއް ނުނިމެ އެވެ. މި މައްސަލަ ކޯޓުގައި ދިގުލައިގެން ދިއުމަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޮޑު ކަންބޮޑުވުމެކެވެ.
ރިޔާސީ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު ޕީޕީއެމްގެ އާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ޕާޓީގެ ލީޑަޝިޕް ސައްހަ ނޫން ކަމަށް ބުނެ އެވެ. އޭނާ އެދުނީ ޕާޓީގެ ހިންގުން މައުމޫނާ ހަވާލުކޮށްދޭށެވެ.
އެ މައްސަލަ ދަށު ކޯޓުން ބެލުން، ސުޕްރީމް ކޯޓުން ހުއްޓުވީ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މައްސަލައިގެ ފައިލް ގެންދިޔަ ނަމަވެސް ޝަރީއަތެއް ނުފަށަ އެވެ. މިހާތަނަށް ބާއްވާފައި ވަނީ އިބްތިދާއީ ބައްދަލުވުމެއް އެކަންޏެވެ. އެއީ ލިޔެކިޔުންތައް މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރުމެވެ.
ޕީޕީއެމް ހިންގާނީ ޔާމީންގެ ލީޑަޝިޕްގެ ދަށުންތޯ ނުވަތަ މައުމޫނާ ހަވާލުކުރާނެތޯ ކަނޑަނޭޅި ލަސްވުމަކީ ޕާޓީގެ އާއްމު މެމްބަރުންތަކެއްގެ ހައްގު ގެއްލޭ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތިން މަހަށް ވެފައިވާ އިރު އެންމެ ބޮޑު ނުތަނަވަސްކަމެއް އޮތީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށެވެ.
މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް، އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ވަނީ ދީފަ އެވެ. އެކަމަކު ރައްޔިތުންގެ ތާއީދު ހޯދުމުގެ ކެމްޕޭނަށް އެ ބޭފުޅުންނަށް ކުރިމަތިވެފައި އޮތް ހުރަހަކީ ވެސް ކޯޓުގައި އޮތް މައްސަލަ ނުނިމުމެވެ.
ޕީޕީއެމް ލިބިއްޖެ ނަމަ، މައުމޫންގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ތާއީދާ އެކު ވާދަކުރައްވަން މިހާރު ހުށަހަޅުއްވާފައިވާ މީހުންނަށް ޕީޕީއެމްގެ ހައިސިއްޔަތު ދެއްވުމެވެ.
ސުޕްރީމް ކޯޓު: ޕީޕީއެމްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ ފައިލް ގެންގޮސްފައި. --ފޮޓޯ/މިހާރު
ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން ވިދާޅުވި ގޮތުގައި ޔާމީން އާ ޕާޓީއެއް އުފައްދަވަން ޖެހިވަޑައިގަތީ ވެސް ކޯޓުގައި ހުރި ޕީޕީއެމްގެ މައްސަލަތައް ދިގުލައިގެން ގޮސް އާއްމު މެމްބަރުންގެ ހައްގުތައް ގެއްލެމުންދާތީ އެވެ. ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ އެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމަށް އޮތް ހުރަކަށް ވީ ވެސް އެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވި ގޮތުގައި ކޯޓުގައި އޮތް މައްސަލަ ލަސްވުމުގެ ގެއްލުން އޮތީ ޕާޓީގެ އާއްމު މެމްބަރުންނަށެވެ. އެއީ އަވަސް ހައްލެއް ލިބެން ޖެހޭ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ޕީޕީއެމަކީ ވަރަށް ގިނަ ބައެއްގެ ހައްގުތަކާ ގުޅިފައި އޮތް ޕާޓީއަކަށް ވާތީ، އެ މީހުންގެ ހައްގުގައި ގޮތްތަކެއް ހޯދަން އާ ޕާޓީ އުފައްދަން ނިންމީ ވެސް،" މަތީން ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދުމުން، އެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ޕީޕީއެމަށް މިހާރު ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުން އަރައިގަނެ، އާއްމު މެމްބަރުންގެ ހައްގުތައް ކަށަވަރު ކުރެވޭނީ، އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނީ އަވަސް ހައްލެއް ލިބިގެންނެވެ.
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
މި ހިތްވަރެއް ނޭލޭނެ: މައުމޫން
ކޯޓުގައި ޕީޕީއެމް ތަމްސީލްކުރަން ވަކީލުންގެ ޓީމެއް
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟
މައުމޫންގެ ފަރާތުން ޕީޕީއެމް މައްސަލަ ސުޕްރީމް ކޯޓަށް
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!