16 ޖެނުއަރީ 2019
ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކެންޑިޑޭޓުންތަކެއް ނެރޭނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކެންޑިޑޭޓުންތަކެއް ނެރޭނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ޕާޓީ ހިންގެވުމުން މައުމޫން އެކަހެރި ކުރެއްވީ ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ޕާޓީ މިހާރު ހިންގަވަނީ، އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ސިވިލް ކޯޓުގައި އޮތް މައްސަލަ ސުޕްރީމް ކޯޓަށް ނެގުމަށް ފަހު ޕީޕީއެމް މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އެވެ.
ޕީޕީއެމުން މައުމޫން ވަކިކުރުމުން، އެމަނިކުފާނުގެ ސިޔާސީ ހަރަކާތް ހިންގަވާ އެމްއާރުއެމް އިން ވާހަކަ ދެއްކެވި އަބްދުލްއަލީމް "މިހާރު" އަށް ވިދާޅުވީ މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 80 ދާއިރާ އަކަށް ކުރިމަތިލާން 108 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ޓިކެޓް ދޭނެ މީހުން ހޮވާނީ އިންޓަވިއުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓުގައި އޮތް މައްސަލަ ނިމި، މައުމޫނަށް ޕީޕީއެމް ލިބިއްޖެ ނަމަ އެ ކެންޑިޑޭޓުން ވާދަކުރާނީ ޕާޓީގެ ޓިކެޓުގަ އެވެ. އެ ނޫން ހާލަތެއް މެދުވެރިވެއްޖެ ނަމަ، މައުމޫންގެ ކެންޑިޑޭޓުން މަޖިލީހަށް ނުކުންނަވާނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"ޓިކެޓަށް އެދި ހުށަހެޅި ބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ ސަރުކާރު ކޯލިޝަންގައި އެމްއާރުއެމް ހިމެނޭކަން. އަދި ފަހަރުގައިވާ ގޮތުން ނުކުމެވޭނީ 17 ދާއިރާ އަށް ކަން ވެސް،" އަލީމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި 17 ދާއިރާ އަކީ، ސަރުކާރުގައި އެމްއާރުއެމް ހިއްސާކުރާ ނިސްބަތުން، ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރާ ނަމަ މައުމޫނަށް ކެންޑިޑޭޓުން ނެރެވޭނެ އަދަދެވެ. މަޖިލީސް އިންތިޚާބަށް އެކުގައި ވާދަކުރަން ހުރި ހިޔާލުތަފާތުވުންތައް އިންތިޚާބުގެ ކުރިން ހައްލު ނުވާ ނަމަ، ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށް އަލީމް ވިދާޅުވި އެވެ.
"ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޕީޕީއެމް ރައީސް މައުމޫނަށް ލިބޭނެ ކަމަށް،" އަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންތަކެއް މައުމޫންއާ އެކު: އެމަނިކުފާނުގެ ތާއީދާ އެކު މަޖިލީހަށް ކުރިމަތިލާން 100 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައި. --ފޮޓޯ/މިހާރު
ޕީޕީއެމް ލިބިއްޖެ ނަމަ ޕާޓީގެ ޓިކެޓް ކެންޑިޑޭޓުންތަކަކަށް ދިނުމުގެ ވިސްނުން މައުމޫން ގެންގުޅުއްވާއިރު، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެ ބައެއް ބޭފުޅުން، ރައީސް ޔާމީން ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެ ބޭފުޅުންނާ ޓިކެޓް ވެސް އޮތީ ހަވާލުކޮށްފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ދިގުލައިގެންދާތީ، ކެމްޕޭނަށް ވެސް ހުރަސްއެޅި ވާދަކުރައްވާނީ ޕީޕީއެމުންތޯ ނުވަތަ ޔާމީން އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތޯ ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަށް އަންނަ ހަފުތާގައި ގޮތެއް ނިމޭނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން ޕީޕީއެމްގެ މައްސަލަ ބަލަމުން އަންނަނީ، އެ ޕާޓީގެ ހިންގުން މައުމޫނާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް އެ ކޯޓަށް ނަގައިގެންނެވެ. އެ މައްސަލައިގެ ތެރެއަށް މައުމޫން ވަނީ ތަދައްޚުލްވެވަޑައިގެންފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދުމުން، އެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
އެމްއާރުއެމްގައި އުފެއްދި ޒައީމްގެ މަގާމަށް މައުމޫން
އިދިކޮޅުގެ ދައުވަތު އެމްއާރްއެމުން ގަބޫލެއް ނުކުރި
ކެންޑިޑޭޓުން ބަލިވީ ނޭދެވޭ ނުފޫޒާ ހެދި: މައުމޫން
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން
"ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން"
އެމްޑީޕީއަށް މެޖޯރިޓީ ދޭން ހެޔޮ ނުވާނެ: ގާސިމް