03 އޯގަސްޓް 2021
ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު ގަބޫލުކުރެވެން ނެތް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު ގަބޫލުކުރެވެން ނެތް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފުތިތާހުކުރި "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ކެމްޕެއިންގެ ރަސްމީ ދައުވަތު އެމްއާރްއެމް އަށް ވެސް ވަނީ ފޮނުވައިފަ އެވެ.
އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ، އެ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށެވެ. އަދި އެ ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެ ފަދަ ކަމެއްގައި އެމްއާރުއެމް އިން ބައިވެރިވާން ބޭނުން ނުވާކަމަށް ވިދާޅުވި އެވެ.
އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިދިކޮޅުން ފޮނުވި ސިޓީގައި ވަނީ، ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ބައިވެރިވާން ބޭނުން ހުރިހާ އެންމެންނަށް އެ ކޯލިޝަނުން މަރުހަބާ ކިޔާނެ ކަމަށެވެ.
އިދިކޮޅުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއި އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއެމް އަށް ދީފަ އެވެ.
އެމްއާރުއެމްގެ އިތުރުން އަދާލަތު ޕާޓީން ވަނީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް ގެއްލުންވާ ހާލަތެއްގައި ވަކި ބަޔަކު ދައުވަތު ދެންދެން އަދާލަތުން މަޑުނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ވަގުތު ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށާއި ގައުމު ހަލަބޮލިކޮށްލަން އެކި ނަންނަމުގައި މަސައްކަތްކުރުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކަކުން ވެސް ވިސްނަންވީ ކޮވިޑްގެ ވަބާ އިން އަރައިގަތުމަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
މި މައްސަލައިގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، އެ ޕާޓީން ކޯލިޝަން އެއްބަސްވުމާ ހިލާފުވެގެން އުޅެވެން ނެތް ކަމަށެވެ.
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު
ޕީޕީއެމްގެ އުންމީދު ގެއްލި މައުމޫން އާ ޕާޓީ އަކަށް
ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފި
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމަށް ހަރަކާތެއް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ފެނަކައިގެ މެނޭޖަރުގެ ވާހަކަ ޕީއެންސީން ކުށްވެރިކޮށްފި
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"