Roadha Mihaaru
ކައިލީ ޖެނާގެ ރެކޯޑް މުގުރާލީ ކުކުޅުބިހެއް

ކައިލީ ޖެނާގެ ރެކޯޑް މުގުރާލީ ކުކުޅުބިހެއް

14 ޖެނުއަރީ 2019

އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯގެ ރެކޯޑް އޮތް، އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ ރެކޯޑް ކުކުޅުބިހަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯގެ ރެކޯޑް އޮތް، އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ ރެކޯޑް ކުކުޅުބިހަކަށް ލިބިއްޖެ އެވެ.

ކައިލީގެ ޖެނާގެ އަލަތު ދަރިފުޅު ފެބްރުއަރީ، 7، 2018 ގައި އުފަންވި ވާހަކަ ހިއްސާ ކުރި އިންސްޓަގްރާމް ޕޯސްޓަށް ރެކޯޑް އަދަދަކަށް ލައިކްސް ލިބުނެވެ އެއީ 18 މިލިއަނެވެ. އެކަމަކު "ވޯލްޑް ރެކޯޑް އެގް" ގެ ނަމުގައި އިންސްޓަގްރާމްގައި ހަދާފައިވާ އެކައުންޓަކުން، ހަމަ އެކަނި ކުރި ޕޯސްޓަށް މިހާރު ވަނީ 23 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފަ އެވެ.

ކައިލީ ވަނީ އޭނާގެ ރެކޯޑް ބިހަކަށް ލިބުމުން އެކަން ފާހަގަކޮށް، ބިހެއް ވައްޓައި ތަޅާލާ މަންޒަަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

18 މިލިއަން ލައިކްސް ލިބުނު ކައިލީގެ ޕޯސްޓް.

ކައިލީ ކަހަލަ ނުފޫޒު ފަދަ މީހެއްގެ ރިކޯޑް އާދައިގެ ކުކުޅު ބިހެއް މުގުރައިލަމުން ބައެއް މީހުން ވަނީ އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކޮށްފަ އެވެ.

View this post on Instagram

Take that little egg

A post shared by Kylie (@kyliejenner) on

މިކަން ގިނަ ބަޔަކަށް ވީ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. ސަބަބަކީ ހަމައެކަނި ފޮޓޯއަކުން ފެންނަން އިން ބިހަކަށް އެތައް މިލިއަން ބަޔަކު ލައިކްކޮށްފައިވާތީ އެވެ.