މާލޭގެ ބައެއް ގޭގެ އާއި ފިހާރަތަކާއި ގަރާޖްތަކުގެ ކުރިމަތީގައި ޕާކް ކުރުން ހުއްޓުވުމަށް ބަހައްޓާ ޕެލެޓްތަކުގެ ބަދަލުގައި ކޮންމެ ދުވާރަކުން މަގަށް ނުކުމެވޭ ގޮތަށް ރޭމްޕެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
13 ޖެނުއަރީ 2019
މާލޭގެ ބައެއް ގޭގެ އާއި ފިހާރަތަކާއި ގަރާޖްތަކުގެ ކުރިމަތީގައި ޕާކް ކުރުން ހުއްޓުވުމަށް ބަހައްޓާ ޕެލެޓްތަކުގެ ބަދަލުގައި ކޮންމެ ދުވާރަކުން މަގަށް ނުކުމެވޭ ގޮތަށް ރޭމްޕެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ ގިނަ އިމާރާތްތަކުގެ ކުރިމަތީގައި ޕެލެޓްތައް ބަހައްޓާތީ ވެހިކަލްތައް ޕާކް ކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެއާ އެކު، ޕެލެޓްތައް ނުބަހައްޓާ ނަމަ، ގޭގެ އާއި ފިހާރަ އަދި ގަރާޖުތަކަށް މީހުން ވަދެ ނުކުތުމަކީ ވެސް ބޮޑު ތަކުލީފެކެވެ.
ޕެލެޓްތަކުގެ ސަބަބުން ޕާކްކުރަން ދަތިވުމާއި މީހުންނަށް އެކިއެކި އަނިޔާތަށް ލިބޭތީ ސިޓީ ކައުންސިލުން އިއްޔެ ވަނީ މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް ނަގައިފަ އެވެ. ދޭތެރެދޭތެރެއިން އެ ޕެލެޓްތައް ނެގި ނަމަވެސް އަނެއްކާ ވެސް ހަމަ އެ ތަންތަނުގައި ޕެލެޓް ބަހައްޓާ މައްސަލަ ބޮޑެވެ.
Male ge maguthakun 600 ah vure gina pallet nagaifi
The most trusted news source in the Maldives
Mihaaru
600 އަށް ވުރެ ގިނަ ޕެލެޓް ނެގުން---
މި މައްސަލައިގައި ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް "މިހާރު" އަށް ވިދާޅުވީ އެ ކައުންސިލުން ރޭ ނިންމާފައި ވަނީ ކޮންމެ ދުވާރަކަށް ވެސް އެރޭ ގޮތަށް އެކްސަސް ޕޮއިންޓްތަކެއް ދުވާރުތައް ކައިރީގައި ހެދުމަށް ކަމަށެވެ. އެ ތަން ހަދާނީ އުސްކޮށް، ސިމެންތިން ރާނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މަގެއްގެ 30 ފޫޓުން ނޫނީ 40 ފޫޓުން އެ ކަހަލަ އެކްސަސް ޕޮއިންޓްތަކެއް ހަދަން ނިންމާފަ ވަނީ. އޭރުން މުޅި މަގުގައި ޕާކް ކޮށްގެން ގޭގެ އަށް ނުވަދެވި އުޅޭ މައްސަލަ ހައްލު ކުރެވޭނެ،" ހުސައިން ވިދާޅުވި އެވެ.
މާލޭގެ ގެ އެއްގެ ދޮރުމަތީގައި ޕެލެޓެއް މިއަދު އަތުރާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގޭގޭގެ އިތުރުން ގަރާޖްތައް ހަދާފައި ހުންނަ ގެ ތަކަށް ވެހިކަލްތައް ވައްދައި ނެރޭނެ ގޮތަށް ރޭމްޕްތަކެއް ހަދައިދޭން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
"ހުއްދަ ނަގައިގެން ގަރާޖް ހަދާފައިވާ ފަރާތްތަކަށް ވެހިކަލް ވައްދައި ނެރެވޭނެ ޖާގަ ހަދައި ދޭނަން. ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅޭ ގެ ތަކަށް ވެސް އެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ރޭމްޕް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
ޕެލެޓް ބަހައްޓާ މީހުންގެ މައްސަލަ ބަލައި އެކަން ހުއްޓުވާނެ ގޮތަކާ މެދު ފުލުހުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިޒައިން ބަދަލުކޮށް އާ "ރޭމްޕް" އެއް ހަދައިފި
އަޖުމަބަލަން ހެދި ރޭމްޕް މަތީގައި ވެސް ޕާކްކުރަނީ!
ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިނދިއްޖެ
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
ވެހިކަލް ޕާކްކުރުން ހުއްޓުވަން ބޮލާޑް ޖަހަން ފަށައިފި
ބާ އިމާރާތް ތަޅާލަން އެއްވެސް ބަޔަކު އެހީނުވި: ވެރިޔާ
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަން ފަށަނީ