10 ޖެނުއަރީ 2019
ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހަމަޖައްސައިފި އެވެ.
ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހަމަޖައްސައިފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދާދިފަހުން ވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެ ތުހުމަތާ ގުޅިގެން ޖޭއެސްސީން ވަނީ އެކަމުގެ ހަގީގަތް ބެލުމަށް ޚާއްސަ ކޮމެޓީއެއް ކުރިން އެކުލަވާލައިފަ އެވެ.
ޖޭއެސްސީން ބުނީ އެ ކޮމެޓީގެ ރައީސަކަށް ރިފްއަތު ހަމަޖެއްސެވީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ. އެކަމަކު ރިފްއަތުގެ އިތުރުން ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ރިފްއަތަކީ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއް ވެސް މެ އެވެ.
ޖޭއެސްސީން ބުނިގޮތުގައި އެ ތުހުމަތާ ގުޅޭ މައުލޫމާތު ހޯދުމަށާއި އެކަމުގެ މައުލޫމާތު ސުއޫދުގެ އިތުރުން ތަހުގީގީ އިދާރާތަކުން ހޯދުމަށް ވެސް އެ ކޮމެޓީން ނިންމި އެވެ. އަދި އެ ކޮމެޓީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމުގެ އިތުރުން އެކަމުގެ މައުލޫމާތު އާންމު ކުރަމުން ގެންދިއުމަށް ވެސް އެ ކޮމެޓީން ނިންމި ކަމަށް ޖޭއެސްސީން ބުންޏެވެ.
ސުއޫދުގެ އެ ތުހުމަތުތައް ޖޭއެސްސީން ބަލަމުންދާއިރު، އެ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ސުޕްރީމް ކޯޓުން ވެސް ކުރިން އެދުނެވެ. އެކަމަކު އެ މައުލޫމާތުތައް ސުޕްރީމް ކޯޓަށް ދޭން އޭނާ ދެކޮޅު ހެއްދެވި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ބުންޏެވެ.
އެކަމަކު ކްރިމިނަލް ކޯޓުން ވަނީ ސުއޫދުގެ އެ ތުހުމަތުތައް ދޮގުކޮށް، އެކަމަށް ފާޑު ކިޔައިފަ އެވެ.
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި
ވަކީލުކަމުގެ ހުއްދަ ބާތިލްވާ ބިލާ މެދު ކަންބޮޑުވުން
ޔޫޕީއާރް އަށް ސެކްޓާ ރިފޯމް އިންޓަވެންޝަން ހުށަހަޅައިފި
އޮންލައިންކޮށް ޝަރީއަތް ބޭއްވުމަކީ ތާރީޚީ ބަދަލެއް:އޭޖީ
ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް
އޭޖީގެ ހުށަހެޅުން: ސުޕްރީމް ކޯޓު ހުއްޓުވައިދީ!
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ
ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ބޭރުގެ ފަނޑިޔާރެއް
ފަނޑިޔާރުން ގޭންގުތަކާ ގުޅިފައިވާ ކަމުގެ ހެކި ދީފި