Roadha Mihaaru
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ

ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ

14 ޖޫން 2019

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން މިރޭ އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން މިރޭ އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީން އިއްޔެ ސަސްޕެންޑު ކޮށްފައި ވަނިކޮށް، އެ ކޯޓުން މިއަދު ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ހުއްޓުވައި، އިތުރު ފިޔަަވަޅެއް ނާޅަން އެ ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އެކަމަކު، ފަހުން ޖޭއެސްސީން ކަނޑައަޅާފައި ވަނީ އެ ކޮމިޝަންގެ ނިންމުން ދެމި އޮތް ކަމަށެވެ.

މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރިފްއަތު ވިދާޅުވީ، ޖޭއެސްސީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ އަސަރުތައް ވަނީ ފޯރުވާފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަ މަސް ދުވަހަށާއި ލިޔެކިޔުންތަކަށް ބެލިޔަސް، އެކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުން މަޖިލިހުގައި ކުރިއަށް ދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުން މަޖިލިހުގައި ކުރިއަށް ދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، ބަންޑާރަ ނައިބު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓައި ތަންފީޒު ކުރުމަށް ކަމާ ބެހޭ އެންމެހައި ގާނޫނުތަކަށް ބަދަލު ގެނެސް، ސުޕްރީމް ކޯޓުން ޖޭއެސްސީގެ ދުސްތޫރީ އަދި ގައުމީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށް ވަގުތުން ވަގުތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓުން ބައެއް ބާރުތައް ހިފެހެއްޓުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ސޫމޯޓޯގެ ދަށުން ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސް ނަގައިގެން މައްސަލަތައް ބެލުން ހުއްޓުވުމަށް މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ރިފްއަތު އެދިވަޑައިގަތެވެ.

މަޖިލީހުން ފާސްކުރާ ގާނޫނުގެ އެކިއެކި މާއްދާތަކާއި އެކިއެކި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން، ފަނޑިޔާރުންގެ ގާނޫނުން ޖޭއެސްސީގެ މައްޗަށް ލާޒިމްކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަކީ ވެސް ބަންޑާރަ ނައިބު އެދިވަޑައިގަތުމެކެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި (ވ) ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަޝްވަރާއެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި (ވ) ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަޝްވަރާއެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަނޑިޔާރުންގެ ގާބިލްކަން މިއަދާ ހަމައަށް އެކަށީގެންވާ ގޮތެއްގައި ވަޒަން ނުކުރެވި އޮތުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ފަނޑިޔާރުގެއާ މެދު ހިތްހަމަނުޖެހުން އިންތިހާއަށް ވަނީ ބޮޑުވެފައި. ފަނޑިޔާރުންނާ މެދު ކުރެވޭ އެކިއެކި ޖިނާއީ ތުހުމަތުތަކާއި ކޮރަޕްޝަންގެ މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތަކާ މެދު ކުރެވޭ ތުހުމަތުތައް އެބަޖެހޭ ހާމަކަމާ އެކީގައި އަވަސް މިނެއްގައި ބަލަން،" ޖޭއެސްސީގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވަނީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ކޮށްދިނުމަށާއި ގާނޫނުތަކުން ގެނެވެން ހުރި ބަދަލުތައް ގެނެސް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި ކުރަން އެންމެ މުހިންމު އެއް ކަމަކީ ޖޭއެސްސީ އަށް އަންނަ ސިޔާސީ ނުފޫޒު ހުއްޓުވުން ކަމަށެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ލަތީފާ އެއްބަސްވެވަޑައިގެންނެވި އެވެ.

"ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މުހިންމު ނިންމުންތައް ނިންމުމަށް ގާނޫނުއަސާސީން އެކުލަވާލާފައިވާ މިނިވަން މުއައްސަސާއަކަށް (ޖޭއެސްސީ) ވާ އިރު، ސިޔާސީ ނުފޫޒުން ރައްކާތެރި ކުރުމަށް ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ،" ވަކީލުންގެ މެދުގައި ނެގި ވޯޓަކުން ޖޭއެސްސީ އަށް ވަޑައިގެންނެވި ލަތީފާ ވިދާޅުވި އެވެ.

ލަތީފާ ވިދާޅުވި ގޮތުގައި ޖޭއެސްސީއާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެފައި ވަނީ ހާމަކަން ބޮޑު ގޮތެއްގައި އެ ކޮމިޝަންގެ ނިންމުންތައް ރައްޔިތުންނާ ހިއްސާ ނުކުރާތީ އެވެ. އަދި ކޮމިޝަންގެ ނިންމުންތައް ވީހާވެސް އަވަހަކަށް ހާމަކުރާ ނަމަ، ރައްޔިތުންގެ އިތުބާރު ޖޭއެސްސީ އަށް އޮތީސް ކަމަށް ވިދާޅުވި އެވެ.