Roadha Mihaaru
އެންމެފަހުން އެމެރިކާ އަށް ވާވޭގެ އެހީ ބޭނުންވެއްޖެ

އެންމެފަހުން އެމެރިކާ އަށް ވާވޭގެ އެހީ ބޭނުންވެއްޖެ

09 ޖެނުއަރީ 2019

ފިކުރީ މުދަލުން ވިޔަފާރިކުރުމުގައި، ވާދަވެރިކަން ގެއްލޭ ފަދަ އަމަކުތައް ކުއަލްކޮމް އިން ހިންގާ ކަމަށް ބުނެ، އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ ކޯޓުގައި މައްސަލަ ޖައްސާފަ އެވެ. ފެޑެރަލް ޓްރޭޑް ކޮމިޝަނުން އެދޭ ގޮތަށް މި މައްސަލަ ނިންމުމަށްޓަކައި، ވާވޭ އަދި ލެނޮވޯގެ އެހީތެރިކަމަށް އެމެރިކާ ސަރުކާރުން ވަނީ އެދިފަ އެވެ. މި މުއާމަލާތުގައި ޝައުގުވެރިކަން އެންމެ ބޮޑު ހިސާބަކީ މި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭގެ ކިބައިން އެހީތެރިކަމަށް އެމެރިކާއިން އެދުނުއިރު، ވާވޭ އަށް ޖެއްސުންކުރަން އެމެރިކާއިން ނުކުރާ ކަމެއް ނެތެވެ. ވާވޭގެ 5ޖީ މުވާސަލާތީ އާލާތްތައް އެމެރިކާގައި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އެމެރިކާ ބުނާހާ ގޮތެއް ހަދާ ގައުމުތަކުން ވެސް ވަނީ ވާވޭ މަނާކޮށްފަ އެވެ. އެމެރިކާގައި ވާވޭ ސްމާޓްފޯނުތައް ވިއްކަން ކުރި މަސައްކަތްތައް ކުރި އަށް ނުދާނެހާ ގޮތެއް، އެމެރިކާ ސަރުކާރުން ވަނީ ހަދާފަ އެވެ.

ކުއަލްކޮމް އަކީ އެމެރިކާ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ، ސްމާޓް ޑިވައިސްތަކަށް ބޭނުންވާ ޗިޕް އުފެއްދުމެވެ. ކުއަލްކޮމްގެ "ސީޑީއެމްއޭ" ޗިޕްތައް ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރެ އެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަނުން ބަލަން ބޭނުންވަނީ ވިޔަފާރިކުރުމުގައި، ވާދަވެރިކަން ނަގާލަން ކުއަލްކޮމް ކުރަނީ ކޮންކަމެއް، ކޮން ގޮތަކަށްތޯ އެވެ. މިކަން ސާބިތުކުރުމަށްޓަކައި، ވާވޭ އަދި ލެނޮވޯގެ އެހީތެރިކަމަށް އެމެރިކާ ސަރުކާރުން އެދެނީ، ކުއަލްކޮމްގެ ފަރާތުން މި ދެ ކުންފުންޏަށް ބިރުދައްކާފައި ވާތީ އެވެ. މި ދެ ކުންފުންޏަށް ކުއަލްކޮމް އިން އެންގި ކަމަށް ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކުއަލްކޮމްގެ ޗިޕްތައް ބޭނުންކުރަން އެދޭ ނަމަ، ކުއަލްކޮމް ބުނާ އުސޫލުތަކަކަށް އެއްބަސްވެ، އެގްރީމަންޓެއްގައި ސޮއިކުރުމަށެވެ.

ވާވޭއާ މެދު ކުއަލްކޮމް އަމަލުކުރި ގޮތް ކިޔައިދެމުން އެ ކުންފުނިން ބުނި ގޮތުގައި، "ސީޑީއެމްއޭ" ޗިޕްތައް ލިބެން ބޭނުން ނަމަ ލައިސަންސް އެގްރީމަންޓް އާކުރަންޖެހޭނެ ކަމަށް ކުއަލްކޮމް އިން 2013 ގައި ވާވޭ އަށް އެންގި އެވެ.

އެއީ ނުކުރާ ކަމެއް ކަމަށް ކުއަލްކޮމް ވެސް ނުބުނެ އެވެ. އެހެން ނަމަވެސް، ބުނެފައި ވަނީ، އެ ގޮތަށް އެގްރީމެންޓްކުރަން ވާހަކަދެކެވުނު ނަމަވެސް، ޗިޕް ފޯރުކޮށްދިނުމުގައި އެއްވެސް ކަމެއް އަދި މިހާތަނަށް ދަތިނުކުރާ ކަމަށެވެ. އަދި އެފަދަ ނިޔަތެއް ނެސް ނެތް ކަމަށެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަނުން ހުށަހެޅި ބޭނުންތައް ފުދޭ ގޮތަށް މައްސަލަ ނިމިއްޖެ ނަމަ، އުނދަގޫ މަސައްކަތްތަކެއް ކުއަލްކޮމް އަށް ކުރަން ޖެހޭނެ އެވެ. އަދި ޝަރުއީ އިދާރާތަކުން އަންގާ ގޮތަކަށް، ކަނޑައަޅާ މުއްދަތެއްގައި، ފިކުރީ މުދާ ލައިސަންސްކުރާ އުސޫލުތައް ބަދަލުކުރަން ކުއަލްކޮމް އަށް ޖެހޭނެ އެވެ.