08 ޖެނުއަރީ 2019
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވީ މއ. އާޕިއާ، މުހައްމަދު ޒާހިރާއި ހ. އެލިއަތުވިލާ މަރިޔަމް ޝަމްއާ އިބްރާހިމެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައި ދެއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ޝަމްއާ އަކީ ކުރިން ވެސް އެ ޓްރައިބިއުނަލްގެ މެމްބަރެކެވެ. ޝަމްއާ ދެވަނަ ފަހަރަށް އެ މަގާމަށް އައްޔަން ކުރެއްވީ އޭނާގެ މެމްބަރު ކަމުގެ ދައުރު އިއްޔެ ހަމަވުމުންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެވެ. ފަސް އަހަރުގެ މުއްދަތަށް އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ.
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބޮޑެތި ޝަކުވާތަކެއް
ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް
މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުން: ނިމުމެއް ނެތް؟
ޓްރައިބިއުނަލަށް ތިން މެމްބަރަކު އައްޔަންކުރައްވައިފި
ނުހައްގުން ގެއްލުވާލި ވަޒީފާތައް އަނބުރާ ދެނީ
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު