Roadha Mihaaru
ތުރުކީގެ ކައިވެނި ޕާޓީއަކަށް ބޮމުގެ ހަމަލާދީ 30 މަރު

ތުރުކީގެ ކައިވެނި ޕާޓީއަކަށް ބޮމުގެ ހަމަލާއެއްދީ 30 މީހުން މަރާލައިފި

21 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 21) - ތުރުކީގެ ދެކުނުގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރާލާ 94 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 21) - ތުރުކީގެ ދެކުނުގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރާލާ 94 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.

ތުރުކީ ސަރުކާރުން ބުނެފައި ވަނީ އެއީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ. އަދި ލަފާކުރެވެނީ ބޮމުގެ ހަމަލާ ދީފައި ވަނީ ޖާނުންފިދާވެގެން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ކައިވެނި ޕާޓީ ބޭއްވި ގަޒިއަންޓެޕް އަކީ ސީރިއާގެ ސަރަހައްދީ ރޮނގާ 40 މޭލު ދުރުގައި އޮންނަ ސިޓީއެކެވެ.

ތުރުކީގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީއަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާގެ މީހުން ހޮސްޕިޓަލުގެ ބޭރުގައި ހިތާމަ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީއަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާގެ މީހުން ހޮސްޕިޓަލުގެ ބޭރުގައި ހިތާމަ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ބޮޑު ވަޒީރުގެ ނައިބު މެހުމަތު ސިމްސެކް ވިދާޅުވީ ކައިވެނި ޕާޓީ އަށް ދިނީ ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށެވެ.

ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ހަމަލާދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ލަފާކުރެވޭ ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ތުރުކީގައި ގިނަ ހަމަލާތައް ދީފައި ވަނީ އައިއެސް އާއި ކުރުދީ ހަނގުރާމަވެރިންނެވެ. މިދިޔަ ޖޫން މަހު އިސްތަންބޫލްގައި އައިއެސް ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 40 މީހުން މަރުވެފަ އެވެ.

ތުރުކީގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީގައި ބޮމުގެ ހަމަލާ ދިން ތަނަށް މީހުން ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ގަޒިއަންޓެޕުގެ ކައިވެނި ޕާޓީގައި ބޮމުގެ ހަމަލާ ދިން ތަނަށް މީހުން ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ވޭތުވެދިޔަ ދުވަސްތަކުގައި ސީރިއާގެ އުތުރުގެ ހިސާބުތަކުން އައިއެސް އަށް ވަނީ މުހިންމު ސަރަހައްދުތައް ގެއްލިފަ އެވެ. އޭގެ ތެރޭގައި ކުރިން އެ މީހުން ބާރުގަދަކޮށްފައިވާ މަންބިޖު ހިމެނެ އެވެ. ކައިވެނި ޕާޓީ އަށް ހަމަލާ ދިނީ އައިއެސް އިން ކަމަށްވާ ނަމަ އެއީ ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ.