29 ޑިސެމްބަރ 2018
ކ. މާފުށީގައި، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
ކ. މާފުށީގައި، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.
އަލަށް ބަލިވެ އިނދެ، ބަނޑަށް އަށް މަހުގައި ރޭ ފަތިހު މަރުވީ ފުވައްމުލަކު ހޯދަޑު، އޯޝަންވިލާ، ރަޝްފާ އަހުމަދެވެ. ވިިހި އަހަރުގެ އެ ޒުވާނާ މާފުށީ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭތާ ދޮޅު އަހަރު ވެއްޖެ އެވެ.
ސިއްހީ ގޮތުން ރާއްޖެ އަށް ލިބިފައިވާ ކުރިއެރުމާ އެކު ޒުވާން އުމުރުގައި މާބަނޑު އަންހެނުން މަރުވުމަކީ މިހާރު ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އެހެންވެ އެ ހާދިސާއިން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފަ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާބަނޑު އަންހެނަކު މަރުވި ހާދިސާއެއް ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މާފުށީ ސިއްހީ މަރުކަޒުންނާއި މިނިސްޓްރީއަކުން އަދި ނުދެ އެވެ.
ރަޝްފާއާ ގުޅޭ މައުލޫމާތު ކިޔައިދިން މީހަކު ބުނީ ރަޝްފާ ރޭ އުޅުނީ ވަރަށް ބޮޑަށް ކެއްސާތީ ކަމަށެވެ. އެހެންވެ ޑޮކްޓަރަށް ވެސް ދެއްކި ކަމަށް، އާއިލާއިން ލިބުނު މައުލޫމާތަށް ބިނާކޮށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ހުން އައިސް ހުއްޓަސް މި ދެ ދުވަހު ހުން މަޑުވެފައި ހުރީ. ދެން އޭނާ ވަރަށް ކެއްސާތީ އުޅުނީމަ ރޭ ޑޮކްޓަރަށް ވެސް ދެއްކި ކަމަށް އާއިލާއިން ބުނީ. އެކަމަކު ވެސް ކެއްސާ ވަރުން ނުވެސް ނިދޭ،" އޭނާ ބުންޏެވެ.
"އެހެން ހުރެފައި 12-1 ޖެހިއިރު ވަރަށް ހޮޑު ވެސް ލި... ފަތިހު ބަނޑުހައިވެގެން ކާންދާން ވެގެން ހެދުން ބަދަލުކުރަނިކޮށް މަޑުމަޑުން އަރިއަޅާލީ. އެހެންވެ އޭނާ ފިރިމީހާ އޭނާ ގައިގައި ހިފެހެއްޓި."
ރަޝްފާގެ އާއިލާ އާއި ތިމާގެ މީހުންނަށް ލިބުނު ކުއްލި މި ހިތާމައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. ފުވައްމުލަކުގައި ތިބި އާއިލާގެ ބައެއް މީހުރު ވަނީ މާލެ އައިސް، މާފުއްޓަށް ދިއުމުގެ މަގުމަތީގައިކަން އެނގިފައިވެ އެވެ.
ރަޝްފާގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާފުށީގައި މިއަދު މަޣުރިބު ނަމާދަށް ފަހުގަ އެވެ.
މިދިޔަ އަހަރު ށ. މިލަންދޫގައި 21 އަހަރުގެ މާބަނޑު އަންހެނަކު ކުއްލިއަކަށް މަރުވެފައިވެ އެވެ.
ހަމުގެ ސީރިއަސް ބަލީގައި ލަޔަކް ނިޔާވެއްޖެ
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
ފުވައްމުލަކުގައި ފަރުވާދެމުން ދިޔަ ކުއްޖަކު މަރުވެއްޖެ
ފުވައްމުލަކުގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލަ ބޮޑު
ކޮވިޑުގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން ފުލުހުންނަށް