26 ޑިސެމްބަރ 2018
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި މިދިއަ ފަސް އަހަރު ހޭދަކުރެއްވުމަށް ފަހު އިބްރާޙިމް މުއާޒު އަލީ ކުއްލިއަކަށް އެމަނިކުފާނާ ދެކޮޅުވެ، "ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާގައި އެހެން ވާހަކަތަކެއް މިރޭ ދައްކަވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި މިދިއަ ފަސް އަހަރު ހޭދަކުރެއްވުމަށް ފަހު އިބްރާޙިމް މުއާޒު އަލީ ކުއްލިއަކަށް އެމަނިކުފާނާ ދެކޮޅުވެ، "ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާގައި އެހެން ވާހަކަތަކެއް މިރޭ ދައްކަވައިފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުއާޒު ވިދާޅުވީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ "ކަންޏެއް" ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު، ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެ ހާދިސާގައި ފާތުމަތު އިބްރާހިމަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި އެވެ.
މޫކައި ހޮޓެލްގައި މިރޭ ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ އެ ދުވަހުގެ ހާދިސާ ހިނގުމުގެ ކުރިން "އާދަޔާ ހިލާފު ބައެއް ކަންކަން" ހިނގާފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މުއާޒް ވިދާޅުވީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި އިއްޒުއްދީން ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ޔާމީން ބޭނުންފުޅުވުން ކަމަށެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވައި، ހިނގި ހާދިސާ
އެކަމަކު ޔާމީން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގަތުމުން، އާންމުކޮށް ނޫސްވެރިންނާ ބައްދަލުކުރައްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިކަން މުއާޒް ފާހަގަކުރެއްވި އެވެ.
މި އޮތް ހުރިހާ ދުވަހު ޔާމީން ދިފާއުކުރެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރެއްވުމަށް ފަހު ކުއްލިއަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަލާމަތްވާނެ ގޮތަށް ވާހަކަ ދައްކަވަމުން، މުއާޒް ވިދާޅުވި ގޮތުގައި، އެ ދުވަހު ވީއައިޕީ ލޯންޖުގައި ހުންނެވުމުގެ ބަދަލުގައި ޔާމީން ސީދާ ވަޑައިގެންނެވީ ލޯންޗުކޮޅަށެވެ. އަދި ލޯންޗުކޮޅަށް ވަޑައިގެންނެވި އިރު، ޔާމީންގެ މޫނުފުޅުން ތާޒާކަމެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ލޯންޗަށް ވަޑައިގެން، ޔާމީން އިންނެވީ އާންމުކޮށް އިންނަވާ ސީޓުގައި ނޫން ކަމަށާއި އެ ސީޓުގައި އިންނެވީ ފާތުމަތު އިބްރާހިމް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. އަދި އެ ދުވަހު ޔާމީން އިންނެވީ އަނބިކަނބަލުންނާ ޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަސްޓްލޭޑީ ވެއްޓި ވަޑައިގަތީ އަޅުގަނޑު އިށީނދެގެން އިން ސީޓުގެ ބުޑަށް،" ފިނިފެންމާ ލޯންޗުގައި އެ ދުވަހު ހިނގި ހާދިސާ ސިފަކޮށް ދެއްވައި މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ކުރި ސުވާލަކީ ލޯންޗުން އަލިފާން ފެނުނުތޯ އެވެ. އަލިފާނުގެ އެއްވެސް "ކުލައެއް" އަދި "އަސަރެއް" އެތަނުގެ ތެރެއިން ފެނިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، ފުލުހުންނަށް ބަޔާން ދެއްވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
އޭގެ ފަހުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ބައްދަލު ކުރައްވައި އޭނާގެ އަތަށް އެ ދުވަހުގެ ހާދިސާއާ ގުޅޭ ގޮތުން ވީޑިއޯ ސީޑީއެއް ދެއްވި އިރު، އެ ވީޑިއޯ އިން އަލިފާނުގެ "ކުލަ" ފެނުނު ކަމަށް މުއާޒް ވިދާޅުވި އެވެ.
އޭނާ ވަނީ އެ ވީޑިއޯއަކީ ހަދާފައިވާ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެއީ ކޮމްޕިއުޓަރު ޑިޒައިނަރަކަށް ނުވަތަ ވީޑިއޯ އެޑިޓްކޮށްލާ މީހަކަށް ވެސް ކޮށްލެވިދާނެ އެޑިޓެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ފަހަރެއްގައި ނުދަންނަވަން އެއީ އެޑިޓެކޭ، ނުވަތަ ނޫނެކޭ. އަޅުގަނޑު އެއްވެސް ގޮތަކަށް ތަހުގީގެއް ހިންގަނީކީ ނޫން،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވަނީ ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. މުއާޒް ވިދާޅުވި ގޮތުގައި މިއީ ޔާމީން ނުވަތަ އެހެން ބައެއްގެ އަބުރު ނަގާލަން ދެއްކެވި ވާހަކަތަކެއް ނޫނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު.---ރައީސް އޮފީސް ފޮޓޯ
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބާއި އެ މަނިކުފާނުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒްގެ މައްޗަށް ކުށް ސާބިތުވި އެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އައީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
އަދީބަށް އިޝާރާތް ކުރައްވައި މުއާޒް ވިދާޅުވީ ޔާމީނާއި އަދީބާ ދެމެދު އޮތް ގާތް ގުޅުމާ ހެދި، ޔާމީނާ ހަމައަށް އާދެވޭނީ އަދީބު ބަލިކޮށްލައިގެން ކަމަށް ގަބޫލުކުރާ ބަޔަކު އެބަތިބި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އޭރު އެންމެ ބޮޑަށް ޖެހިލުންވި އެއް ބޭފުޅަކީ ވެސް އަދީބު ކަމަށް މުއާޒް ވިދާޅުވި އެވެ.
"ޕާޓީގެ (ޕީޕީއެމް) އެތެރެއިން ވެސް އަދީބަށް އޮތް ހަސަދަވެރިކަން އަޅުގަނޑު ވަރަށް ގާތުން ދުށިން. އެބޭފުޅުންގެ ނަންތަކެއް ކިޔާނެ ކަމެއް ނެތް،" މުއާޒް ވިދާޅުވި އެވެ.
"އެހެންވީމަ ކުޑަކުޑަ ކަމަކުން ވަރަށް އުނދަގޫވާނެތާ އެ ގުޅުމަށް ބުރޫއަރުވާލަން. ވަރަށް ބޮޑު ތުހުމަތަކުންތާ ޔާމީނާއި އަދީބާ ދެމެދަށް ބަޔަކަށް ވަދެވޭނީ. އެއީ އަޅުގަނޑުގެ ހިތަށް އަންނަ އިހްސާސްތައް."
މުއާޒް ވަނީ މިރެއިން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުންނާއި، ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެވަޑައިގެންނެވި ކަން އިއުލާން ކުރައްވައިފަ އެވެ.
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ
އެޑްމިޓްކޮށްފައި އޮތުމުން އަދީބުގެ ޝަރީއަތް ކެންސަލް
އަދީބު ބޭރަށް ފޮނުވުމާއި ނުފޮނުވުމުގެ ބަހުސް
މައްސަލަ ބަލަން ފެށީ ބޮން ގޮއްވާލި ފަހުން: އުމަރު
އަޅުގަނޑު ނެތް ނަމަ ރައީސަކީ އަދީބު: އުމަރު
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޔާމީންގެ ދިފާއުގައި އަލީ ވަހީދު ނުކުމެވަޑައިގެންފި
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ފަނޑިޔާރުން ރަތަށް: މިއީ ކުޅިވަރެއް ނޫން!
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް